ކ. މާލެ
|
17 ޖުލައި 2020 | ހުކުރު 17:54
ދިރާގު ޕްރޮމޯޝަންގެ ޕޯސްޓަރު
ދިރާގު ޕްރޮމޯޝަންގެ ޕޯސްޓަރު
ދިރާގު
ދިރާގު
އިމޯޖީ ބޭނުކޮށްގެން ދިރާގުން 5ޖީބީ ޑޭޓާ ހޯދުމުގެ ފުރުސަތު
 
މިއީ ދުނިޔޭގެ އިމޯޖީ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް
 
މި ޕްރޮމޯޝަން ކުރިއަށްދާނީ ހުކުރު އަދި ހޮނިހިރު ދުވަހުގެ ނިޔަލަށް

އިމޯޖީ ބޭނުކޮށްގެން ދިރާގުން 5ޖީބީ ޑޭޓާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ މިއީ ދުނިޔޭގެ އިމޯޖީ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށާއި އެ ކުންފުނީގެ ފޭސްބުކް ޕޭޖާއި ޓްވިޓަރ އަދި އިންސްޓަގްރާމުގައި، އެ މީހެއްގެ އެންމެ ގާތް އެކުވެރިޔާ އިމޯޖީތަކުން ކިޔައިދީގެން ބައިވެރިވެވޭނެ ކަމަށެވެ. އަދި މި ކޮމެންޓުގައި އެ އެކުވެރިޔާ ވެސް ޓެގު ކުރަން ޖެހޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ ހުކުރު އަދި ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. ހުކުރު ދުވަހުގެ ރޭގެ 11:59 ގެ ކުރިން ވީހާ ވެސް ގިނަ މީހުން މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ދިރާގުން ވަނީ އެދިފައެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން ހޮވޭ ތިން މީހަކަށާއި އެ މީހުންގެ އެންމެ ގާތް އެކުވެރިންގެ ގޮތުގައި ޓެގު ކުރާ މީހާ އަށް 5ޖީބީ ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ނަސީބުވެރިންގެ ގޮތުގައި ކޮންމެ ސޯޝަލް މީޑިއާ ޕްލެޓްފޯމަކުން ވެސް ހޮވާނީ އެންމެ ނަސީބުވެރިއެކެވެ.

0%
0%
0%
100%
0%
0%
ކޮމެންޓް