ކ. މާލެ
|
19 މެއި 2020 | އަންގާރަ 03:38
ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު
ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު
އެންއީއޯސީ
މޫސުން ގޯސްވުމާއި މަސައްކަތް ލަސްވުން
މޫސުމާ ހެދި މަސައްކަތަށް ލަސްކަމެއް އައިސްފައިވޭ: މަބްރޫކް
މޫސުން ގޯސްވުމުން ބަލި މީހުން ޓްރާންސްފާ ކުރުމުގައި ދަތިތަކެއް ދިމާވެފައިވޭ
ސާމްޕަލްތައް ވެސް ޕެންޑިންގައި ހުރި ކަމަށް ޑރ. އަފްޒަލް ފާހަގަ ކުރެއްވި

މޫސުން ގޯސްވެ އޮޕަރޭޝަންސްތަކަށް ބުރޫއަރަމުންދާ ކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެރޭ އެންއީއޯސީގައި ބޭއްވި ނުސްވެރިންގެ ބައްްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ އެންއީއޯސީގެ އޮޕަރޭޝަނަށް އިތުރު ދަތިކަމެއް ދިމާވެފައވާ ކަމަށެވެ. އެގޮތުން އެއްތަނުން އަނެއް ތަނަށް ދަތުރު ކުރުމުގައާއި އެއްތަނުން އަނެއް ތަނަށް ބަލިމީހުން ގެންދިއުމުގައި އިތުރު ދަތިތަކެއް ދިމާވެފައިވާތީ އޮޕަރޭޝަން ގައި ލަސްކަމެއް ފާހަފަކުރެވިފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މިކަންކަމަށް އެޓެންޑްވަމުންދާ ކަމަށާއި، މިހާރު މިއޮތް ހާލަތުގައި މަސައްކަތްކުރެވޭނެ އެންމެ ބާރު ސްޕީޑުގައި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެހެންނަމަވެސް މިފަދަ ލަސްކަމެއް އައިސްފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑިމިއޮލަޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އާދިއްތަ ދުވަހާއި ހޯމަ ދުވަހާއި އަޅާބަލާ އިރު މާބޮޑު ތަފާތުތަކެއް އައިސްފައި ނެތް ކަމަށެވެ. އަދި މިއީ މޫސުން ގޯސްވުމުގެ ސަބަބުން މަސައްކަތްތަކަށް ލަސްކަމެއް އައިސްފައި ހުރުން ކަމަށް ވެސް އަފްޒަަލް ވިދާޅުވިއެވެ. މި ސަބަބުތަކާއި ހުރެ ޕެންޑިންގ ސާމްޕަލްތައް ވެސް އިތުރުވެފައިވުން އެކަށީގެންވާ ކަމަށް އަފްޒަލް ވިދާޅުވި އެވެ.

- ކޮމެންޓް