ޗޮކޯ ޕައި
18 މެއި 2020 | ހޯމަ 11:58
ޗޮކޯ ޕައި - ޗޮކްލެޓް ކަމުދާ ފަރާތްތަކަށް މީރު ވައްތަރެއް
ޗޮކޯ ޕައި - ޗޮކްލެޓް ކަމުދާ ފަރާތްތަކަށް މީރު ވައްތަރެއް
ދަ ޓެރޭސް ކިޗަން

ބޭނުންވާ ތަކެތި

  • ½ ޖޯޑު ފެން
  • ½ ޖޯޑު އިންސްޓެންޓް ކޮފީ ޕައުޑަރ
  • 50 ގްރާމް ވައިޓް ޗޮކްލެޓް
  • 2 ސަމުސާ ކިރު
  • 9 މާރީ ބިސްކޯދު
  • 100 ގްރާމް ޑާކް ޗޮކްލެޓް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ވައިޓް ޗޮކްލެޓް ތެރެއަށް ކިރު އަޅައިގެން އުނދުންމަތީގައި ޗޮކްލެޓް ދިޔާކޮށްލާށެވެ. ދެން މާރީ ބިސްކޯދުގެ އެއްފުށުގައި ޗޮކްލެޓް ހޭކުމަށް ފަހު އަނެއް ބިސްކޯދު މަތީގައި ބާއްވާށެވެ. މަތީގައި ބޭއްވި ބިސްކޯދުގެ މަތީގައި އަނެއްކާ ވެސް ޗޮކްލެޓް ހޭކުމަށް ފަހު މަތީގައި ބާއްވާށެވެ. އޭރުން ހުންނާނީ ތިން ލޭޔަރަށެވެ.

ދެން ކޮފީ އާއި ފެނާ ގިރާފައި ކުޑަކޮށް ކައްކާލުމަށް ފަހު، ބިސްކޯދުގެ ދެ ފުށުގައި ފިއްސަކުން ހާކާލާށެވެ. ދެން ޑާކް ޗޮކްލެޓް ދިޔާކޮށްލާށެވެ. ޗޮކްލެޓް ދިޔާވުމުން ބިސްކޯދު އޭގެ ތެރެއަށް ލުމަށްފަހު ނަގާލާށެއެވެ. ދެންފިނިކޮށްލާށެއެވެ. އޭރުން ހުންނާނީ ބޭރުގައި ހޭކި ޗޮކްލެޓްތައް ހަރުވެފައެވެ.

- ކޮމެންޓް