ބޭނުންވާ ތަކެތި

  • 1 ބޯތަށީގެ ބީފް (ތުނިކޮށް ސްލައިސްކޮށްފައި)
  • ލޮނު (ރަހަލާވަރަށް)
  • ½ އަސޭމިރުސް
  • 2 ސަމުސާ ސެސިމީ އޮއިލް
  • 2 ލޮނުމެދު ( ކުދިކޮށް ކިއުބްކޮށް ކޮށާފައި)
  • ⅓ ފުށް
  • ¼ ޖޯޑު ތެޔޮ
  • 3 ބިސް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ތުނިކޮށް ފޮތިކޮށްފައި ހުރި ބީފްތައް ޓްރޭއެއްގައި ފަތުރާލުމަށް ފަހު އޭގެ މައްޗަށް ލޮނުމެދާއި، ލޮނު، ތެޔޮ އަޅާފައި އަތުން އޮއްބާލާށެވެ. ބީފްގެ ތެރެއަށް ރަހަ ވަންނަ ވަރަށެވެ. ދެން ބީފުގައި ފުށް ހޭކުމަށް ފަހު، ބަހައްޓާށެވެ.

އިރުކޮޅަކު ބެހެއްޓުމަށްފަހު، ބިހުގެ ތެރެއަށް ލޮނު އަޅައިގެން ގިރާލުމަށް ފަހު، އޭގެ ތެރެއަށް ބީފް ލާށެވެ. ރަނގަޅަށް ބީފުގައި ބިސް ހޭކުމަށް ފަހު، ތަވައެއްގއި ކުޑަ ތެޔޮފޮދެއް ހޭކުމަށްފަހު، މަޑު ގިނީގަ ބީފްކޮޅު ފިހެލާށެވެ.

ބީފް އާއި ބަތާއި ތަރުކާރީ ހިމެނޭ ޕޯޝަނެއް

ބީފްތައް ރޯފިލުމުން ބަތާއި ތަރުކާރީ އާއި އެއްކޮށްގެން ކާލާށެވެ. ބީފް ވަކިންވެސް ކެވިދާނެއެވެ.

- ކޮމެންޓް