ކަޅު ސަޔަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ބުއިމެކެއެވެ. ކަޅު ސައި ކަމުދާ ފަރާތްތައް ވަރަށް ވެސް ގިނައެވެ. އެހެންކަމުން ރަހަ ތަފާތުކޮށްލުމުގެ ގޮތުން މިފަހަރު އަންނާރު ސައި ތައްޔާރު ކުރާނެ ގޮތް ހިއްސާ ކޮށްލާނަމަވެ. އަންނާރަކީ ވެސް ދިވެހިންނަށް ވަރަށް މީރު މޭވާއަކަށް ވީއިރު، މި ދެބައި އެއްކޮށްލުމުން ދޭ ރަހަ އަޖުމަ ބަލާލުން ކިހިނެއްވާނެތޯ؟

ބޭނުންވާ ތަކެތި

  • 1 އަންނާރު (ބޮޑު)
  • 1 ޖޯޑު ހަކުރު
  • ފެން

ތައްޔާރުކުރާނެ ގޮތް

އަންނާރުގެ އޮށްތައް ވަކިކޮށް، ބޯތައްޓަކަށް އަޅާލުމަށް ފަހު މުގުރުން ޗަސްކޮށްލާށެވެ. މިގޮތަށް ޗަސް ކުރުމުން އަންނާރުން ދިޔަ ފައިބާނެ އެވެ. ނަމަވެސް އޮއްތައް ޗަސް ކުރަންވާނީ އޮއްތައް ފުނޑު ނުވާގޮތަށެވެ. ދެން އޭގެ ތެރެއަށް ހަކުރު އެއްކޮށްލާއެވެ.

ދެން އަންނާރުތައް ފުޅިއަކަށް އަޅާފައި ބަހައްޓާށެއެވެ. ދެން ސައި ކައްކާހެން ފެން ހޫނުކޮށްގެން ޖޯޑެއްގެ ތެރެއަށް 1 ސަމުސާ އަންނާރާއި، ހޫނު ފެން އަޅައިގެން ގިރާލުމަށް ފަހު ބޯލާށެއެވެ.

- ކޮމެންޓް