މަޝްރޫމްގެ އެކި ޑިޝްތައް ދިވެހިންގެ ތެރޭގައި މަގުބޫލެއެވެ. މި ފަހަރު މަޝްރޫމް މަސާލާ ތައްޔާރު ކޮށްލާށެވެ.

ބޭނުންވާ ތަކެތި‪:‬‬‬‬‬‬‬‬‬‬

  • 10 މަޝްރޫމް 0 ފޮތިކޮށް ކޮށާފައި)
  • މަސްޓަޑް އޮއިލް (ބޭނުން ވައްތަރެއްގެ ތެޔޮ ބޭނުންކޮށްލެވިދާނެ)
  • 1 ފިޔާ ( ގާނާފައި)
  • 2 ސަމުސާ ޖިންޖަރ ގާލިކް ޕޭސްޓު
  • 1 ސަމުސާ ރެޑް ޗިލީ ޕއުޑަރ
  • 1 ސަމުސާ ކޮރިއަންޑަރ ޕައުޑަރ
  • 1 ސަމުސާ ދިރި ޕައުޑަރ
  • 1 ސަމުސާ ރީނދޫ
  • ލޮނު (ރަހަލާވަރަށް)
  • ½ ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ މަޝްރޫމްތައް ރަނގަޅަށް ދޮވެލުމަށް ފަހު، ކޮށާފައި ތެލުލާށެވެ. މަޝްރޫމް ތެލުލި ތެޔޮ ގަނޑުގައި، ފިޔާ، ޖިންޖަރ ގާލިކް ޕޭސްޓު، ރެޑް ޗިލީ ޕައުޑަރ، ކޮރިއަންޑަރ ޕައުޑަރ، ދިރި ޕައުޑަރ، ރީނދޫ، ލޮނު އަޅައިގެން ސޯސްގަނޑު ތައްޔާރުކުރާށެއެވެ.

ދެން ކުޑަ ފެންފޮދެއް އެޅުމަށް ފަހު، ތެލުލި މަޝްރޫމް އަޅާލާށެވެ. އަދި ½ ޖޯޑު ފެންވެ އަޅާލާށެވެ. ދެން މަޑު ގިނީގައި 4 މިނިޓް ކައްކާލާށެވެ.

މިހާރު މިހިރީ މަޝްރޫމް މަސާލާ ތައްޔާރުކޮށް ނިމިފައެވެ. ބާސްމަތީ ބްރޭންޑުގެ ބަތާ އެއްކޮށް ކާލަން މި ޑިޝް ވަރަށް މީރުވާނެ އެވެ.

- ކޮމެންޓް