ފަސޭހައިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން ތަފާތު އެކި ވައްތަރުގެ ރޯލްސް ތައްޔާރުކޮށްލެވިދާނެ އެވެ. އެގޮތުން ކެބެޖް ރޯލްސް އަކީ ވެސް ވަރަށް މީރު، ދިވެހިންގެ ރަހަތަކާ އެއްގޮތަށް ތައްޔާރުކޮށްލެވިދާނެ ހެދިކާއެކެއެވެ.

ބޭނުންވާ ތަކެތި:

  • 1 މަސްދަޅު (ތެޔޮ)
  • 1 ފިޔާ (ކުދިކޮށް ތުނިކޮށް ކޮށާފައި)
  • 1 ގިތެޔޮ މިރުސް (ހިމުންކޮށް ކުދިކޮށް ކޮށާފައި)
  • 2/1 ސަމުސާ ލޮނުމެދު (ޕޭސްޓް)
  • 3 މަޝްރޫމް (ތުނިކޮށް ފޮތިކޮށްފައި)
  • ލުނބޯ (ރަހަލާވަރަށް)
  • ލޮނު (ރަހަލާވަރަށް)
  • 2/1 ސަމުސާ އަޖިނަމޮޓޯ
  • 1 ސަމުސާ އޮއިސްޓަރ ސޯސް
  • 1 ދަޅު ޓޮމާޓޯ ޕޭސްޓު
  • 3 ފޮތި ޗީޒް
  • 1 ކެބްޖް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ މަޑު ގިނީގައި ކެބެޖް އޮތް ގޮތަށް 5 މިނެޓް ވަންދެން ފެނު ކައްކާލާށެވެ. ކެބެޖް ހިހޫ ވުމުން ފަތްތައް ވަކި ވަކިން ނައްޓާލާށެއެވެ.

މަސްގަނޑު ތައްޔާރު ކުރުމަށް، މަސް، ފިޔާ، މިރުސް، އަސޭމިރުސް، ލޮނުމެދު ޕޭސްޓް، ލުނބޯ، އަޅައިގެން މޮޑެލާށެއެވެ. އެއަށްފަހު ތަވައެއްގަ ތެޔޮފޮދެއް ހާކާލުމަށް ފަހު، މޮޑުނު މަސްގަނޑު، އަޖިނަމޮޓޯ، ޓޮމާޓޯ ޕޭސްޓު، އޮއިސްޓަރ ސޯސް، ޗީޒް އަޅއިގެން އެއްކޮށްލުމަށް ފަހު 5 މިނެޓުވަރު ކައްކާލާށެއެވެ.

ދެން މަސްގަނޑު ހިހޫ ވުމުން، ކެބެޖް ފަތުގެ ތެރެއަށް މަސްލުމަށް ފަހު އޮޅާލާށެއެވެ. މިގޮތަށް އޮޅާލުމަށް ފަހު ޓްރޭއަކަށް ލާ 10 މިނެޓް އަވަނުން ފިހެލާށެއެވެ.

- ކޮމެންޓް