ޕާނަކީ ކޮންމެ ގަޑިއަކަށް ވެސް ކަމުދާ އެއްޗެކެވެ. މިފަހަރު މި ތައްޔާރުކޮށްލަނީ ދޮންކެޔޮ އަޅައިގެން ފޮނި ފޮނި ޕާނެކެއެވެ. ގޭގައި މި ތައްޔާރުކޮށްލާށެވެ.

ބޭނުންވާ ތަކެތި‪:‬‬‬‬‬‬‬‬

  • 5 ދޮންކެޔޮ (ޗަސްކޮށްފައި)
  • 1 ޖޯޑު ހަކުރު
  • 1 ޖޯޑު ބްރައުން ޝުގަރ
  • 1 ޖޯޑު ސޯލްޓެޑް ބަޓަރ
  • 5 ބިސް
  • 2 ސަމުސާ އެލަމަންޑް އަދި ވެނީލާ އެސެންސް
  • 1 ޖޯޑު އަލްމަންޑް ފްލަރ ( އާދައިގެ ފުށްވެސް ބޭނުންކޮށްލެވިދާނެ)
  • 2 ސަމުސާ ބޭކިންގ ސޮޑާ

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ދޮންކެޔޮ، ހަކުރު، ބްރައުން ޝުގަރ، ސޯލްޓެޑް ބަޓަރ، ބިސް، ވެނީލާ އަދި އަލްމަންޑް އެސެންސް، ފުށް، ބޭކިންގ ސޮޑާ އަޅައިގެން ރަނގަޅަށް މިކްސް ކޮށްލާށެއެވެ. ދެން ޕާން ފިހޭ ޓްރޭއެއްގައި ބަޓަރު ހާކާލުމަށް ފަހު، އޭގެ ތެރެއަށް އަޅާލާށެވެ. ޕާން ފިހުމުގެ ކުރިން އަވަން ހޫނުކޮށްލާށެވެ. 350 ޑިގްރީ ސެލްސިއަސްގައި 1 ގަޑި އިރު ފިހެލާށެއެވެ.

- ކޮމެންޓް