ކާށި ހުނި ބޭނުން ކޮށްގެން ތައްޔާރުކުރާ ފޮނި ކާތަކެއްޗަކީ ދިވެހިންގެ މެދުގައި މަގުބޫލު އެއްޗެކެއެވެ. މިފަހަރު މާ ގިނަ ތަކެތި ބޭނުންކުރާ ކަށް ނުޖެހެއެވެ. ގޭގައި މީތި ޓްރައިކޮށްލުން ކިހިނެއް ވާނެތޯ؟

ބޭނުންވާ ތަކެތި‪:‬‬‬‬‬

  • 1 ޖޯޑު ހަކުރު
  • 1 ޖޯޑު ފްރެޝް މިލްކް
  • 1 ކާށި ( ގާނާފައި)
  • 2/1 ބަޓަރު
  • 2 ސަމުސާ ކޯންފްލަރ

ތައްޔާރުކުރާނެ ގޮތް:

ތަވާ ހޫނުކޮށްލުމަށް ފަހު، ކިރާއި ހަކުރު އަޅައިގެން އެއްކޮށްލާށެއެވެ. ދެން އޭގެ ތެރެއަށް ހުންޏާއި ބަޓަރު އަޅައިގެން އެއްކޮށްލުމަށް ފަހު، އޭގެ ތެރެއަށް ކޯން ފްލަރ އަޅާލާށެއެވެ. ދެން އެއްކޮށް ހިކެންދެން ހަލަމުން ދާށެއެވެ.

އެއަށްފަހު ޓްރޭއެއްގައި ބަޓަރު ހާކާލުމަށްފަހު، ތައްޔާރުކުރި ހުނިގަނޑު ޓްރޭގެ ތެރެއަށް އަޅައިގެން ރީތިކޮށް ފަތުރާލާށެއެވެ. ދެން 1 ގަޑި އިރުވަންދެން އައިސް އަލަމާރީގައި ބަހައްޓާށެއެވެ. އެއް ގަޑިއިރުވުމުން ނަގާ ކަފާލާށެއެވެ. މިހާރު މިހިރީ ކޮކްނަޓް ހަލުވާ ތައްޔާރުކޮށް ނިމިފައެވެ.

- ކޮމެންޓް