ކަރައަކީ ދިވެހިންގެ މެދުގައި ވަރަށް މަޤުބޫލު މޭވާއެކެވެ. ވަކިން ޚާއްޞަކޮށް ބަރަކާތްތެރި ރަމަޟާންމަހު ދިވެހިން މި މޭވާ ބޭނުން ކުރާ މިންވަރު ގިނައެވެ. ކޮންމެ ގެއެެއްގައި ރޯދަ ވީއްލާ ގަޑީގައި ސުފުރާ ފަޅު ފިލުވާލަދޭ އެކައްޗަކީ ކަރާ ފަންޏެވެ.

މިފަހަރު ތާފަތަކައް ކަރައިން މޮހީތޯ އެއް ހަނދާލަން ރަނގަޅުވާނެއެވެ. ޔަޤީންވަ އެއްކަމެއް އެބައޮތެވެ. މޮހީތޯގެ އެކި ފްލޭވަރ މީރު ފަރާތްތަކަށް މި ބުއިން ވަރަށް ކަމުދާނެ އެވެ.

ބޭނުންވާ ތަކެތި‪:‬‬‬‬‬

  • 1 ފަޅި ކަރާ
  • 1 ފަޅި ލުނބޯ ( ހަތަރު ބައި ކޮށްފައި)
  • 12 މިންޓް ލީވްސް
  • ޝުގަރ ސިރަޕް
  • ލޮނު
  • ލެމަން ޖޫސް
  • ސްޕްރައިޓް

ތައްޔާރުކުރާނެ ގޮތް:

ކަރާ ފަޅިން އޮށް ނުނެގޭ ގޮތަށް ބޯޅަތަކެއް ހެން، އައިސްކްރީމް ނަގާ ސަމުސަލަކުން ނަގާލާށެވެ. ދެން ފެންބޯ ތައްޓަކަށް 4 ކަރާ ބޯޅަ، ލުނބޯގެ 4 ފަޅި، މިންޓް ލީވްސް އަޅާލާށެވެ.

ދެން ޗަސް ކޮށްލާށެވެ. އެއަށްފަހު އައިސްކިއުބް، 1 ސަމުސާ ޝުގަރ ސިރަޕް، ކުޑަ ލޮނުކޮޅެއް އެޅުމަށް ފަހު 1 ސަމުސާ ލެމަން ޖޫސް އަޅާލާށެއެވެ. ދެން އަނެއްކާވެސް ކަރާ ބޯޅަތައް މައްޗަށް އެޅުމަށްފަހު ސްޕްރައިޓް އަޅައިގެން ރަނގަޅަށް ގިރާލާށެއެވެ.

- ކޮމެންޓް