'ކެބެޖް ކޭކް' އަކީ ވެސް މަދުން ނަމަވެސް ތައްޔާރުކުރާ އެއްޗެކެއެވެ. ނަމަވެސް މިފަހަރު ގޭގަ ތިބެގެން ކެބެޖް ބޯކިބާ ޓްރައިކޮށްލާށެވެ.

ބޭނުންވާ ތަކެތި‪:‬‬‬‬‬

  • 1/4 ކެބެޖް (ތުނިކޮށް ކޮށާފައި)
  • ޕާސްލޭ
  • 1 ފިޔާ (ކިއުބްކޮށް ކޮށާފައި)
  • 1 ފަޅި ލުނބޯ
  • 2 ބިސް
  • 150ގްރާމް ޕްލޭން ޔޯގަޓު
  • 120 ގްރާމް ފުށް
  • ލޮނު (ރަހަލާވަރަށް)
  • 1 އަސޭމިރުސް
  • 2 ދަޅު މަސް (ތެޔޮ)
  • 1 ގިތެޔޮ މިރުސް (ހިމުންކޮށް ކޮށާފައި)
  • 3 ސަމުސާ ތެޔޮ

ތައްޔާރުކުރާނެ ގޮތް:

ކެބެޖްތައް ކުދިކޮށް ކޮށާލުމަށްފަހު ރީތިކޮށް ދޮވެލާށެއެވެ. ދެން އޭގެތެރެއަށް ޕާސްލޭ، ލޮނު، ފިޔާ، ގިތެޔޮ މިރުސް، އަސޭމިރުސް، ލުނބޯ، މަސް، އަޅައިގެން މޮޑެލާށެވެ. ދެން ތައްޓެއްގެ ތެރެއަށް ބިސް، ޔޯގަޓް، ފުށް އަޅައިގެން ހޭންޑް މިކްސަރ އަކުން ގިރާލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ކުރިން އެއްކޮށްލި ކެބެޖެގެ ބައި އަޅާލާށެވެ. ދެން 180 ޑިގްރީގައި 40 މިނިޓް ފިހެލާށެވެ.

- ކޮމެންޓް