ވިޔަފާރިއާ ގުޅުން ހުރި ބައެއް ހިދުމަތްތައް އިކޮނޮމިކް މިނިސްޓްރީން ފަށައިފިއެވެ.
އެ މިނިސްޓްރީން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވިޔަފާރިތަކަށް ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް 10 މެއި ދުވަހު ފަށާފައިވާ ކަމަށެވެ.
އަދި ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް ފޯރުކޮށްދިނުމަށް މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނީ ވިޔަފާރިއާގުޅޭ ޚިދުމަތްތަކަށް އެދުމަށް ހުށަހެޅޭނީ، މި މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްbusiness.egov.mvނުވަތަ އީމެއިލް އެޑްރެސް[email protected]މެދުވެރިކޮށް ކަމަށެވެ.
ޚިދުމަތްތަކުގެ ތަފްސީލު
- ވިޔަފާރި ނަން ފާސްކުރުން
- ވިޔަފާރި ނަން ރަޖިސްޓްރީކުރުން
- އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުން
- ކުންފުނި ރަޖިސްޓްރީކުރުން
- ކޯޕަރޭޓް ޕްރޮފައިލް ޝީޓް ދޫކުރުން
- ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިކުރުން
- ލޯގޯ ރަޖިސްޓްރީކުރުން
- ސީލް ރަޖިސްޓްރީކުރުން
- ޓްރޭޑްމަރކް ރަޖިސްޓްރީކުރުން
- ވިޔަފާރި ޙަރަކާތް ރަޖިސްޓަރީކުރުން
- ކުންފުނި / ޕާރޓްނަރޝިޕް އުވާލަން ހުށަހެޅުން
- ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރީކުރުން
އިކޮނޮމިކް މިނިސްޓްރީން ބުނީ ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 14:00 އަށް މިނިސްޓްރީގެ ލައިވް ޗެޓް އަދި ކޯލްސެންޓަރ 1691 މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ[email protected]އަށް އީމެއިލް ކުރުމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ގިނަ ކުންފުނިތައް ބަންދުކޮށްފައިވާއިރު ބައެއް ހިދުމަތްތައް ފޯރުކޮށްދެމުންދަނީ އޮންލައިންކޮށެވެ. އަދި އެ ކުންފުނިތަކުން ވެސް ރައްޔިތުންގެ ކިބައިން އެދެމުންދަނީ ހިދުމަތްތައް އޮންލައިންކޮށް ބޭނުން ކުރުމަށެވެ.