ޕޮޓޭޓޯ ޕޭން ކޭކް
10 މެއި 2020 | އާދީއްތަ 11:56
ޕޮޓޭޓޯ ޕޭން ކޭކް - މިއީ ތަފާތު ވައްތަރެއްގެ ޕޭން ކޭކެއް
ޕޮޓޭޓޯ ޕޭން ކޭކް - މިއީ ތަފާތު ވައްތަރެއްގެ ޕޭން ކޭކެއް
ރާއްޖެއެމްވީ

އަލުވި ބޭނުންކޮށްގެން ތަފާތު އެކި ބާވަތު ކާއެއްޗެހި ތައްޔާރުކުރެއެވެ. ޕޮޓޭޓޯ ޕޭންކޭކަކީ ވެސް މިގޮތަށް ގޭގައި ޓްރައިކޮށްލެވިދާނެ އެއްޗެކެވެ

ތައްޔާރުކުރާނެ ގޮތް

  • އަލުވި (ބޮޑު)
  • 2 ސަމުސާ ސޯއީ ސޯސް
  • 1 ފަޅި ލުނބޯ
  • 1 ގްރީން އޮނިއަން (ކޮށާފައި)
  • 1 ހުދު ފިޔާ (ކޮށާނީ އެހާ ތުނިކޮށް ނޫން)
  • 1 މިރުސް
  • 1 ސަމުސާ ހަކުރު
  • 1 ސަމުސާ ލޮނު (ކުޑަ)
  • 1 ސަމުސާ ކޯން ފްލަރ
  • 3 ސަމުސާ ތެޔޮ

ސޯސް ތައްޔާރުކުރާނެ ގޮތް

ސޯޔާ ސޯސް، ލުނބޯ، ފިޔާ، ގްރީން އޮނިއަން، މިރުސް، ހަކުރު އެޅުމަށްފަހު ސަމުސަލުން ރަނގަޅަށް އެއްކޮށްލާށެވެ. ދެން މަތިޖަހާފައި އެއްފަރާތުގައި ބަހައްޓާށެއެވެ.

ޕޮޓޭޓޯ ޕޭންކޭން ތައްޔާރުކުރާނެ ގޮތް

ފުރަތަމަ އަލުވީގެ ތޮށިގަނޑު މަށާލުމަށްފަހު ހޫނު ފެން އެއްޗެއްގެ ތެރޭގައި ބަހައްޓާށެވެ. އިރުކޮޅަކު ބެހެއްޓުމަށްފަހު، ގާނާލާށެވެ. ދެން ބޯތައްޓަކަށް އެޅުމަށްފަހު އޭގެ ތެރެއަށް ހުދު ފިޔައެއްގެ އެއް ފަޅި ގާނާލުމަށްފަހު، ކޯން ފްލަރ އާއި ރަހަލާވަރަށް ލޮނު އެޅުމަށްފަހު އެއްކޮށްލާށެވެ. ދެން ތަވައަކަށް 3 ސަމުސާ ތެޔޮ އެޅުމަށްފަހު، ބިސްގަނޑު ފިހޭހެން ދެ ފުށް ރަނގަޅަށް ފިހެލާށެވެ. ފިހެ ނިމުމުން ޕިއްޒާ ހުންނަހެން ފޮތި ކަފާލާށެވެ. ދެން ކުރިން ތައްޔާރުކުރި ސޯސް އޭގެ މައްޗަށް އަޅައިގެން ކާލާށެވެ.

- ކޮމެންޓް