އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މަސައްކަތް ކުރާ ޑޮކްޓަރަކާއި، ނަރުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަމުން އަންނަކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސަސް ޑރ. ޢަލީ ނަޒީމް ވިދާޅުވީ ޑޮކްޓަރަކާއި، ނަރުހަކު ޕޮޒިޓިވްވެގެން އެ މަޢުލޫމާތު ހޮސްޕިޓަލަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ދެ މީހުން ޕޮޒިޓިވްވީ ހޮސްޕިޓަލް ތެރެއިން ނޫން ކަމަށާއި، މުޖުތަމަޢު ތެރެއިން ކަމަށް ޑރ. ނަޒީމް ވިދާޅުވިއެވެ.
މިހާތަނަށް އައިރު އައިޖީއެމްއެޗަށް އެސިމްޕްޓްމަޓިކް ކޮށް ގެނެވުނު އެއްވެސް ބަލި މީހަކަށް ހުށަހެޅިގެން އެއްވެސް ޑޮކްޓަރަކު އަދި ނަރުހެއް ޕޮޒިޓިވްވީ ކަމަކަށް ނެތް. ޓެސްޓުވެސް ކުރެވިއްޖެ. މިސާލަކަށް ގައިނީ ވަރޑުން މީގެ 4 ވަރަކަށް ދުވަސް ކުރިން ޝިފްޓް ކުރި ބަލިމީހާ 3 ދުވަސް ވަންދެން ވަރޑުގައި އޮތުމަށްފަހު ޓްރީޓޮޕް ހޮސްޕިޓަލަށް އަޅުގަނޑުމެން ޓްރާންސްފަރ ކުރީ. ޓެސްޓް ކުރެވުނު އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވްވި ކަމަކަށް އަޅުގަނޑުމެންނަށް ނަތީޖާ ލިބިފައެއް ނުވޭ،އައިޖީއެމްއެޗްގެ ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސަސް ޑރ. އަލީ ނަޒީމް
ނަޒީމް ވިދާޅުވީ މުޖުތަމަޢުގެ ތެރެއިން ބައެއް މުވައްޒަފުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައި އެބަތިބި ކަމަށާއި، މިހާތަނަށް 1 ޑޮކްޓަރާއި 1 ނަރުހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެމީހުން ބަލިވީ އައިޖީއެމްއެޗްގެ މަސައްކަތާއި ގުޅިގެން ނޫން ކަމަށާއި، ހޮސްޕިޓަލުގައި މަސައްކަތް ކުރަނިކޮށް އަދި މިއިން އެއްވެސް ކޭސްއެއް އަދި އެހެން ކޭސްއަކަށް އެކްސްޕޯސްވެފައި ނުވާކަމަށް ޑރ. ނަޒީމް ވިދާޅުއެވެ.
ޑރ. ނަޒީމް ވިދާޅުވީ ބައްޔަށް ހުށަހެޅުނު ހައި ރިސްކް ބައެއް ކަމަށް ބެލެވިގެން ޓެގާއި އެޗްޕީއޭއިން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް 16 ނަރުހުން އައިސޮލޭޓް ކުރެވިފައިވާ ކަމަށެވެ. އަދި އެ 16 ނަރުހުން ވެސް ކަރަންޓީން ފެސިލިޓީތަކަށް ގެންދެވިފައިވާ ކަމަށެވެ.
މިއީ އަޅުގަނޑުމެންގެ ނުތަނަވަސްކަން ހުރި ކަމެއް. އަޅުގަނޑުމެންގެ ވޯކް ފޯސް މަދުވަނީ. 16 މީހުން އެއްފަހަރާ އެއް ވާޑަކުން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭނެ ވަރަށްބޮޑު ދެރައެއް. އަޅުގަނޑުމެން ޖެހޭނީ އެ ކޮމްޕެންސޭޓް ކުރަން. ވޯކިންގ މެކެނިޒަމްއަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން. އަޅުގަނޑުމެންނަށް ރިސްކް ނެގޭކަށް ނެތް. ގެންނަ އިރު ފުރަތަމަ ޓެސްޓެއް ވެސް ނީންނާނެ. އަޅުގަނޑުމެން ޓެސްޓް ސާމްޕަލް ނަގަފައި ފޮނުވަން ޖެހޭނީ. އެހިސާބުގައި އަޅުގަނޑުމެން ތިބެންޖެހޭނީ ތައްޔާރުވެގެން ފުލް ކިޓްގައި ނުވަތަ ފުލް ޕީޕީއީގައި ތިބެން ޖެހޭނީ. އެމަރޖެންސީ ލެވެލްގައި ތިބެން ޖެހޭނީ ފުލް ކިޓުގައި އަދި ވަކި އޭރިއާތަކެއް އައިސޮލޭޓް ކުރެވިފައި އެހުރީ ކަނޑައެޅިގެން އެއްވެސް ކަހަލަ އަލާމާތެއް ހުރެއްޖެއްޔާ. އަދި އަލާމާތެއް ނެތިއްޖެއްޔާ ވަކި އޭރިއާތަކަކަށް ގެންގޮސްގެން،އައިޖީއެމްއެޗްގެ ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސަސް ޑރ. އަލީ ނަޒީމް
ޑރ. ނަޒީމް ވިދާޅުވީ ހޮސްޕިޓަލްތައް ކޮވިޑް ފްރީއެކޭ ދެންނެވޭކަށް ނެތް ކަމަށެވެ. އަދި ހޮސްޕިޓަލްތަކުގައި އިމަރޖެންސީ ރޫމްތަކުގައި ކޮވިޑް ޕޮސިބިލިޓީ ވަރަށް ހައި ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ޞަރަޙައްދަކަށް ބެލިޔަސް އެ ފުރުޞަތު ބޮޑުކަމަށް ޑރ. ނަޒީމް ވިދާޅުވިއެވެ.
މިކަމަށް އިޝާރާތް ކުރައްވަމުން ޑރ. ނަޒީމް ވިދާޅުވީ އައްޑޫ ސިޓީން ފުރަތަމަ ކޭސް ފެނިފައިވާ ކަމަށާއި، އެމީހާ މާލެ ގެނެވުނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އޮތުމަށްފަހުގައި ކަމަށެވެ. އައްޑޫ ސިޓީން ޕޮޒިޓިވްވި ފުރަތަމަ މީހާއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 26 މީހަކު މިހާތަނަށް ވަނީ ފާހަގަވެފައެވެ.