އަލުވިން ތައްޔާރުކުރާ ގިނަ ބާވަތްތަކަކީ ދިވެހިންނަށް ވަރަށް ކަމުދާ ބާވަތްތަކެކެވެ.

ބޭނުންވާ ތަކެތި‪:‬‬‬‬‬

  • 200 ގްރާމް އަލުވި
  • 1/2 ޖޫޑު ފުށް
  • ލޮނު (ރަހަލާވަރަށް)
  • ތެޔޮ (އަލުވި ތެލުލުމަށް)
  • 2 ސައި ސަމުސާ އޮލިވް އޮއިލް
  • 2 ހިކިމިރުސް
  • 1 ސަމުސާ ގާލިކް ( ކުދިކޮށް ކޮށާފައި)
  • 2/1 ފިޔާ (ކިއުބްކޮށް ކޮށާފައި)
  • 1 ސައި ސަމުސާ ޗިލީ ޕޭސްޓް
  • 1 ސައި ސަމުސާ ވައިޓް ޕެޕަރ ޕައުޑަރ
  • 1 ސައި ސަމުސާ ޑާކް ސޯޔާސޯސް
  • 1 ސައި ސަމުސާ ޓޮމާޓޯ ކެޗަޕް
  • 1/4 ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ އަލުވި ކޮށާފައި ފެނުކައްކާލާށެވެ. އަލުވި މަޑުވުން އޭގެ ތެރެއަށް ފުށާއި ލޮނު އަދި ކުޑަ ފެން ފޮދެއް އަޅައިގެން އަލުވިތައް ފުނޑުނުވާނެ ގޮތަށް އެއްކޮށްލާށެވެ. ދެން ތެޔޮ އެއްޗެއްގެ ތެރެއަށްލާ ތެލުލާށެވެ. މަޑު މޮށިކުލައެއް އަރަން ފެށުމުން ތެޔޮގަނޑުން ނަގާލާށެވެ.

އެއަށްފަހު ތަވައެއްގެ ތެރެއަށް ތެޔޮ ފޮދެއް އެޅުމަށްފަހު، ހިކިމުރުސް، ފިޔާ، ލޮނުމެދު، ޗިލީ ޕޭސްޓް، އަސޭމިރުސް، ސޯޔާސޯސް، ޓޮމާޓޯ ކެޗަޕް އަޅައިގެން ދޭފަތުން ހަލާށެވެ. ފިޔާތައް ވަޅޯވުމުން އޭގެ ތެރެއަށް ހަތަރު ބައި ކޮށްފަ އެއްބައި ޖޯޑު ފެން އަޅާލާށެވެ. ދެން ރަނގަޅަށް ކައްކާލުމަށްފަހު، ތެލުލި އަލުވި ކޮޅު ސޯސްގަނޑު ތެރެއަށް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން އޭގެ މައްޗަށް އެއް ސަމުސާ ލެމަން ޖޫސް ފޮދަކާއި، ސްޕްރިންގ އޮނިއަން އަޅާލާށެވެ. މިހާރު މިހިރީ ސްޕައިސީ އަލުވި ތައްޔާރުކޮށް ނިމިފައެވެ.

- ކޮމެންޓް