ކ. މާލެ
|
8 މެއި 2020 | ހުކުރު 12:20
މާފުށީ ޖަލު- ޖަލުގެ އޮފިސަރުންނާއި ޤައިދީންގެ ރެންޑަމް ސާމްޕަލްތައް ނެގުމަށް ވަނީ ހަމަޖެހިފައި
މާފުށީ ޖަލު- ޖަލުގެ އޮފިސަރުންނާއި ޤައިދީންގެ ރެންޑަމް ސާމްޕަލްތައް ނެގުމަށް ވަނީ ހަމަޖެހިފައި
ޓްވިޓަރ
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް
މާފުށީ ޖަލު އޮފިސަރުންނާއި ޤައިދީންގެ ރެންޑަމް ސާމްޕަލް ނަގަނީ
މިއީ ކަރެކްޝަންސްއާއި އެންއީއޯސީ ގުޅިގެން ކުރަމުންދާ މަސައްކަތެއް
ކޮވިޑް-19 ފެތުރިފައި އޮތް މިންވަރު ދެނެގަތުމަށް މަސައްކަތް ކުރަމުންދޭ
މާލެއިން ފުރަތަމަ ކޭސް އެއް ފެނުމުގެ ތިން ހަފްތާއެއް ކުރިން ކޮމިއުނިޓީ ސްޕްރެޑް ފެށިފައިވޭ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާފުށީ ޖަލުގައި ތިބި ޤައިދީންނާއި ޖަލު އޮފިސަރުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

އެކަމާ ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ބުނީ، މިއީ ކަރެކްޝަންސްއާއި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގުޅިގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން މާފުށީ ޖަލުގައި މަސައްކަތް ކުރަމުންދާ ޖަލު އޮފިސަރުންނާއި ޤައިދީންގެ ރެންޑަމް ސާމްޕަލް ނެގިގެންދާނެ ކަަމަށް ކަރެކްޝަންސްއިން ބުނެއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރިފައި އޮތް މިންވަރު ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ކޮމިއުނިޓީ ސްޕްރެޑް ސަރވޭއެއްވެސް ފަށާފައެވެ. އެގޮތުން މާލެއިން ފުރަތަމަ ކޭސް އެއް ފެނުމުގެ ތިން ހަފުތާއެއް ކުރިން ޢާންމުންގެ ތެރޭގައި ބަލި ފެތުރެން ފަށާފައިވާކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފައިވާއިރު، އެއާ ގުޅިގެން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް އެކި ޞަރަޙައްދުތަކުގައި ކުރިއަށް ދެއެވެ.

މީގެ ކުރިންވެސް މާލޭ ޞަރަޙައްދުގެ އިތުރުން ރީޖަނަލް ހޮސްޕިޓަލް ތަކުގައި އޯޕީޑީއަށް ދާ މީހުންގެ ތެރެއިން ހޮވާލެވޭ ފަރާތްތަަކާއި، ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި ޤާއިމުކޮށްފައިާ ފްލޫ ކްލިނިކްތަކަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިންވެސް ރެންޑަމް ސާމްޕަލް ނަގާފައިވެއެވެ.

- ކޮމެންޓް