ކ. މާލެ
|
7 މެއި 2020 | ބުރާސްފަތި 18:02
ކޮވިޑް-19 އަށް މަގުމަތިން މީހެއްގެ ރޭންޑަމް ސާމްޕަލިން ނަގަނީ
ކޮވިޑް-19 އަށް މަގުމަތިން މީހެއްގެ ރޭންޑަމް ސާމްޕަލިން ނަގަނީ
ރާއްޖެ އެމްވީ
އިތުރު 24 މީހަކު ކޮވިޑަށް ޕޮޒިޓިވްވުނުން
އިތުރު 24 މީހުން ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ އަދަދު 642 ށް
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 3 ދިވެހިން ހިމެނޭ، ގިނައީ ބަންގުލަދޭޝް މީހުން
ޕޮޒިޓިވްވި 24 މީހުންގެ ތެރޭގައި ހާއްސަ ސަމާލުކަމެއް ދީގެން ސަރވައިލެންސްގެ ތެރެއިން ބަލަމުން ދިޔަ ތަނެއްގައި ހިމެނޭ
ބުދަ ދުވަހު އެކަނިވެސް ރާއްޖެއިން ކޮވިޑް-19 އަށް 45 މީހަކު ވަނީ ޕޮޒިޓިވްވެފަ

އިތުރު 24 މީހުން ޕޮޒިޓިވްވެ، ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު 642 ށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި 24 މީހުންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ 20 ރައްޔިތުންނާއި، އިންޑިއާގެ ރައްޔިތެއްގެ އިތުރުން 3 ދިވެހިންނެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި 24 މީހުންގެ ތެރޭގައި ހާއްސަ ސަމާލުކަމެއް ދީގެން ސަރވައިލެންސްގެ ތެރެއިން ބަލަމުން ދިޔަ ތަނެއްގައި ހިމެނޭ މީހުންތަކެއް ހިމެނޭ ކަމަށެވެ.

ބުދަ ދުވަހު އެކަނިވެސް ރާއްޖެއިން ކޮވިޑް-19 އަށް 45 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ 35 މީހަކާއި، އިންޑިއާގެ 2 މީހެއްގެ އިތުރުން 8 ދިވެހިންނެވެ.

ރާއްޖޭގައި މިހާތަނަށް 642 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު، 2 މީހަކު ވަނީ ނިޔާވެފައެވެ. އަދި 20 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޮވިޑް-19 އަށް ރާއްޖެއިން މިހާރު ފަރުވާ ދެމުން އަންނަނީ 620 މީހުންނަށެވެ.

- ކޮމެންޓް