ކ. މާލެ
|
5 މެއި 2020 | އަންގާރަ 13:23
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް
ރާއްޖެއެމްވީ
ކޮވިޑް-19 ޖެހިފައިވާ މީހަކު މަރުވުން
ފިޓްޖެހިގެން ރޭ އައިޖީއެމްއެޗަށް ގެންދިޔަ ފަހުން ޕޮޒިޓިވްވި ބިދޭސީމީހާ މަރުވެއްޖެ
ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން މަރުވި މީހުންގެ އަދަދު ވަނީ 2ށް އަރާފަ
އެންމެ ފުރަތަމަ މީހަކު މަރުވެފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު
އޭނާއަކީ ކުރިން ޕޮޒިޓިވްވި ފަރާތެއް ކަމުގައިވާ MV0126 އާ ގުޅުންހުރި ފަރާތެެއް

ހޯމަ ދުވަހުގެރޭ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދިޔަ ބިދޭސީ މީހާ ނިޔާވެއްޖެއެވެ.

ފިޓް ޖެހިގެން ޙާލު ބޮޑުވެ ގެންދެވުނު މި ބަލިމީހާ ކޮވިޑް-19 އަށް ޓެސްޓްކުރިއިރު ޕޮޒިޓިވްވެފައިވާއިރު، އޭނާ މަރުވެފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. އެއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން މަރުވި މީހުންގެ ޢަދަދު ވަނީ 2ށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހިގެން އެންމެ ފުރަތަމަ މީހަކު މަރުވެފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާއަކީ ކުރިން ޕޮޒިޓިވްވި ފަރާތެއް ކަމުގައިވާ MV0126 އާ ގުޅުންހުރި ފަރާތެކެވެ. އަދި އެ ޢާއިލާގެ އިތުރު ބަޔަކަށްވެސް ވަނީ ކޮވިޑް-19 ޖެހިފައެވެ.

- ކޮމެންޓް
5 މެއި 2020 | އަންގާރަ 16:36
ސާފެއްނޫން
ތި ދެންނެވީ ހޮސްޕިޓަލުން އޭނައަށް ކޮވިޑް ޖެހުނުކަމަށްތޯ؟