ހުކުރު ދުވަހު ނ މަނަދޫއިން ޕޮޒިޓިވްވި 80 އަހަރުގެ މީހާ ޕޮޒިޓިވްވިކަން އެނގުނީ ސާމްޕަލް ނެގުމަށްފަހު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ދޫކޮށްލާފައިވަނިކޮށް ކަމަށް ކޮވިޑް-19 ޓާސްކްފޯސްއިން ބުނެފިއެވެ.
ހުކުރު ދުވަހުގެރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ގެ ޓެކްނިކަލް އެޑްވައިސަރީ ގްރޫޕް (ޓެގް) ގެ ޑޮކްޓަރ އިބްރާހިމް އަފްޒަލް ވިދާޅުވީ، ނ މަނަދޫއިން ޕޮޒިޓިވްވި މީހާ ޑޮކްޓަރަށް ދައްކަން އައީ ބަނޑުގައި ރިއްސައިގެން ކަމަށާއި، އޭނާގެ ސާމްޕަލްއަކީ އޮންނަ އުސޫލުގެ ދަށުން ނެގުނު ސާމްޕަލެއް ކަމަށެވެ. އަދި އޭނާގެ ކިބައިގައި ރޯގާގެ އަލާމާތެއް ނެތްކަންވެސް ޑޮކްޓަރ ފާހަގަކުރެއްވިއެވެ.
ޑރ އަފްޒަލް ވިދާޅުވީ، އޭނާ ޕޮޒިޓިވްވިކަން އެނގުނުއިރު އޭނާ ހުރީ ހޮސްޕިޓަލުން ދޫކޮށްލާފައި ކަމަށާއި، އޭރު ހުރީ ގެސްޓްހައުސްއެއްގައި ކަމަށެވެ. އަދި އެއާއެކު މިހާރު ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތްތައް މާލެއާއި ނ މަނަދޫގައި ކުރިއަށްދާކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ.
އޭނަ ދައްކަންއައީ އެހެން ކަމަކާ ގުޅިގެން، ޓްރީޓްމަންޓް ލިބުމަށްފަހު ޑިސްޗާރޖް ކުރެވުނީ، އޭރު އަނެއްހެން ޕްރޮސީޖަރަލީ ސާމްޕަލެއް ނެގިފައިވަނީ، އެހެންވީމާ ޑިސްޗާރޖް ކުރެވުނީ އެ ދިޔަ ދިއުމެއް އެއީޑރ އިބްރާހިމް އަފްޒަލް
އެކަމާ ގުޅޭގޮތުން ނ މަނަދޫ އަތޮޅު ހޮސްޕިޓަލުން ބުނީ، އޭނާ ރަށުން ޑޮކްޓަރަށް ދެއްކީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ކަމަށާއި، އޭރު އޭނާއަކީ ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ފަރުވާދިން ބަލިމީހެއް ނޫންކަމަށެވެ. އަދި ހާލު ބޮޑުވެގެން މާލެ ފޮނުވާލެވުނުކަމަށާއި، ޕޮޒިޓިވްވިކަން އެނގުނުއިރު އޭނާ ގޮވައިގެން މާލެ ދިޔަ ނަރުސް ހުރީ މަނަދޫގައިކަން މަނަދޫގައިކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ހޮސްޕިޓަލުން ބުނިގޮތުގައި 80 އަހަރުގެ މީހާގެ ނަތީޖާ ޕޮޒިޓިވްކަން އެނގުމާއެކު އެ މީހާއާއިއެކު ދަތުރުކުރި ނަރުސް މީހާ، ރަށު ހޯމް އައިސޮލޭޝަންގައި ހުރުމަށް ވަނީ އެންގިފަ އެވެ.