އަންގާރަ ދުވަހު ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވި 95 އަހަރުގެ މީހާގެ ކަށުކަމާކެމީގެ ކަންތަކުގައި އެ ހޮސްޕިޓަލުން ދޮގު މައުލޫމާތު ހާމަކޮށްފައިވާ ކަން ހާމަވެއްޖެއެވެ.
އަންގާރަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި އެންމެ ގަދަޔަށް ބަހުސް ކުރެވުނު އެއް މައްސަލައަކީ މިއެވެ. 95 އަހަރުގެ މީހާ ވަޅުވީ ތަޔަމްމަމްކޮށްފައި ކަމަށް ނޫސްވެރިންނަށް ލިބުނު މައުލޫމާތާއި ގުޅިގެން ވަގުތުން ދައްކަމުން ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހޮސްޕިޓަލުން އެންއީއޯސިއަށް ދިން މައުލޫމާތުގައި ބުނެފައިވަނީ އެމީހާ ވަޅުލީ ހިނެވުމަށްފަހުގައި ކަމަށެވެ.
ނަމަވެސް އެމީހާގެ އާއިލާއިން ވަނީ ހޮސްޕިޓަލުގެ ވާހަކަތައް ދޮގުކޮށް މި މައްސަލައިގައި ކަންކަން ސޯޝަލް މިޑިއާގައި ތިލަކޮށްފައެވެ. އަންގަރަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ހޮސްޕިޓަލުން މައުލޫމާތު ދީފައިވަނީ އެމީހާ ވަޅުލީ ހިނަވާފައިކަމަށެވެ.
ނަމަވެސް އެ މައުލޫމާތު ސާފު ކުރުމަށްފަހު ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ތިނަދޫގައި މަރުވި 95 އަހަރުގެ މީހާގެ ކޭސްއަކީ ސާރީ ކޭސް ނުވަތަ ސިވިއަ އެކިއުޓް ރެސްޕިރޭޓަރީ އިލްނެސް ކޭސްއެއް ކަމަށާއި، އެކަމުގައި އަމަލުކުރާނެ ގޮތް އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ 95 އަހަރުގެ މީހާގެ ކޭސްއާއި ގުޅިގެން ހޮސްޕިޓަލުން އަމަލުކުރުމަށް އެޗްޕީއޭއިން އަންގާފައިވަނީ ހިނެވުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި މިކަމުގައި ހޮސްޕިޓަލުން ދިން ޖަވާބަކީ ހިނެވުމަށް ބޭނުންވާ ޕީޕީއީ ބޭނުންކޮށްގެން ޖަމާއަތްތެރިން ދިޔަކަމަށާއި، ނޫސްވެރިންނަށް ލިބިފައި ހުރި މައުލޫމާތާއި އެންއީއޯސީއަށް ލިބިފައިހުރި މައުލޫމާތާއި ފުށުއެރުންތަކެއް ހުރުމުން އެކަން އިތުރަށް ބަލާފައިވާ ކަމަށެވެ.
މިކަން އިތުރަށް ބެލި އިރު އެނގިގެންދިޔައީ ޖަމާއަތްތެރިން ނިންމީ އިސްލާމިކް މިނިސްޓްރީން ނެރިފައި އޮތް ފަތުވާއާއި އެއްގޮތަށް ހިމެވުމުގެ ބަދަލުގައި ތަޔަމްމަމް ކުރުމަށްފަހުގައި މައްޔިތާ ވަޅުލުމަށް ކަމަށެވެ.
މި މައްސަލައިގައި ނޫސްތަކުގައި ހަބަރު ފެތުރުމުން އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ބަޔާނެއް ނެރެ އެވާހަކަތައް ދޮގުކޮށްފައެވެ. އެ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މައްޔިތާ ހިނަވާގެއަށް ގެންދިއުމުގެ ކުރިން، ޖަމާއަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، ޖަމާއަތްތެރިން ހޮސްޕިޓަލަށް ގެނެސް، މައްޔިތާ ހިނެވުމަށް ލާންޖެހޭ ޕީޕީއީ ސޫޓްގެ ބޭނުމާއި، ސޫޓް ލާންޖެހޭގޮތް، ހޮސްޕިޓަލުގެ ތަމްރީންލިބިފައިވާ މުވައްޒަފުންގެ އެހީތެރިކަމާއެކުވަނީ ކިޔާދެވިފައެވެ. ހޮސްޕިޓަލުން މިކަމުގައި އަމަލުކޮށްފައިވާނީ އެޗްޕީއޭއިން ކޯވިޑް-19 އާއިގުޅިގެން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށް ބުނެފައިވެއެވެ.
ނަމަވެސް އެޗްޕީއޭއިން އަންގާފައިވަނީ މައްޔިތާ ހިނެވުމަށްފަހު ވަޅުލުމަށެވެ. އެހެންކަމުން އަބްދުއްދަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވަނީ ދޮގު މައުލޫމާތެކެވެ.