ކ. މާލެ
|
23 އޭޕްރިލް 2020 | ބުރާސްފަތި 17:54
ލަންކާގެ ސަރުކާރުން ޕްރައިވެޓް ހޮސްޕިޓަލްތަކާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ލަންކާގެ ސަރުކާރުން ޕްރައިވެޓް ހޮސްޕިޓަލްތަކާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
-
ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ މަސައްކަތް
ލަންކާގައި ކޮވިޑް-19ގެ ޓެސްޓުތައް ހެދުމުގެ މަސައްކަތުގައި ޕްރަވައިވެޓް ހޮސްޕިޓަލްތައް ބައިވެރިކުރަނީ!
ޓެސްޓު ކުރެވޭ މިންވަރު އިތުރު ކުރަން ބޭނުންވޭ
މިހާރު ވެސް 800ށް ވުރެ ގިނަ މީހުން ދުވާލެއްގެ މައްޗަށް ޓެސްޓު ކުރޭ

ސްްރީލަންކާގައި ކޮވިޑް-19ގެ ޓެސްޓުތައް ހެދުމުގެ މަސައްކަތުގައި ޕްރަވައިވެޓް ހޮސްޕިޓަލްތައް ބައިވެރި ކުރުމަށް ނިންމައިފި އެވެ.

ލަންކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިނިންމުން ނިންމާފައިވަނީ ކޮވިޑް-19ށް ޓެސްޓު ކުރެވޭ މިންވަރު އިތުރު ކުރުމަށްށެވެ.

އެގޮތުން މިހާރު ލަންކާއިން ދުވާލަކު 800ށް ވުރެ ގިނަ މީހުންގެ ޓެސްޓުތައް ހަދަމުންދާއިރު، މިއަދަދު 1000ށް ވުރެ ގިނަ ކުރުމަކީ ސަރުކާރުގެ އަަމާޒު ކަަމަށް ރިޕޯޓުކޮށްފައިވެއެވެ.

މި ނިންމުން މިގޮތަށް ކަނޑައެޅުމަށް ބޭއްވި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ކޮމާންޑަރު އޮފް ދި އަރމީ ސަވެންދަރު ސިލްވަރ އާއި، ޑައިރެކްޓަރ ޖެނަރަލް އޮފް ހެލްތް ސަރވިސަސްގެ ޑޮކްޓަރު އަނިލް ޖަސެންހަރ އަދި ޕްރައިވެޓް ހޮސްޕިޓަލްތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް