ކ. މާލެ
|
18 އޭޕްރިލް 2020 | ހޮނިހިރު 16:39
އެއަރ އިންޑިޔާ- ކޮވިޑް-19 އާ ގުޅިގެން ދަތުރުތައް ވަނީ ހުއްޓާލާފައި
އެއަރ އިންޑިޔާ- ކޮވިޑް-19 އާ ގުޅިގެން ދަތުރުތައް ވަނީ ހުއްޓާލާފައި
ޓްވިޓަރ
އެއަރ އިންޑިޔާގެ ދަތުރުތައް
އެއަރ އިންޑިޔާގެ ދަތުރުތައް މެއި މަހުގެ 31 ވަނަ ދުވަހާ ހަމައަށް މެދުކަނޑާލައިފި
 
އެތެރޭގެ އުދުހުންތައް މެއި 4 ގައި ފެށޭނެ
 
ކޮވިޑް-19 ފެތުރެމުންދާތީ ބައިނަލްއަގްވާމީ ދަތުރުތައް މެއި މަހުގެ 31 އާ ހަމައަށް ވަނީ މެދުކަނޑާލާފައި

އެއަރ އިންޑިޔާގެ ދަތުރުތައް މެއި މަހުގެ 31 ވަނަ ދުވަހާ ހަމައަށް މެދުކަނޑާލާފައިވާ ކަމަށް އެއަރ ލައިނުން ބުނެފި އެވެ.

އިންޑިޔާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އެގައުމު ލޮކްޑައުންކޮށްފައި އޮތް މުއްދަތު ވަނީ މެއި މަހުގެ 3 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފަ އެވެ.

އެހެންކަމުން ކުރިން ބެލެވުނީ އޭގެފަހުން އެއަރ އިންޑިޔާގެ ދަތުރުތައް ކުރިޔަށް ގެންދާނެ ކަމަށެވެ.

ނަމަވެސް އެއަރ އިންޑިޔާއިން ބުނީ މުޅި ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ ބައިނަލްއަގްވާމީ ދަތުރުތައް މެއި މަހުގެ 31 އާ ހަމައަށް މެދުކަނޑާލާފައިވާ ކަމަށެވެ.

މެއި މަހުގެ 4 ވަނަ ދުވަހުން ފެށިގެން އިންޑިޔާގެ އެތެރޭގެ އުދުހުންތަކަށް ދަތުކުރާ ފްލައިޓްތައް އަދި ޖޫން 1 ން ފެށިގެން ދަތުރުކުރާ ބައިނަލްއަގްވާމީ ފްލައިޓްތައް ބުކް ކުރުމަށް ވަނީ ހުޅުވާލާފައި
އެއަރ އިންޑިޔާ

މީގެއިތުރުން ޖޫން މަހުން ފެށިގެން، އެއަރ އިންޑިޔާ އަދި އެއަރ އިންޑިޔާ އެކްސްޕްރެސް ގެ ފްލައިޓްތަކުގެ ޓިކެޓް ބުކް ކުރުމަށް ވަނީ މިހާރުއްސުރެ ހުޅުވާލާފައި ކަމަށް އެއަރ އިންޑިޔާ އިންބުނެއެވެ.

އަދި ހާލަތު އަބަދުވެސް ބަލަމުންދާ ކަމަށާއި އެހެންކަމުން ކުރިޔަށް އޮތް ތަނުގައި އަންނަ ބަދަލުތައް އަންގަމުންދާނެ ކަމަށް އެއަރ އިންޑިޔާ އިން ބުނެއެވެ.

އެއަރ އިންޑިޔާގެ ދަތުރުތައް މެދުކަނޑާލާފައިވާއިރު ޔުނައިޓެޑް އަރަބް އެމިރޭޓްސް ގައި ތިބި އިންޑިޔާގެ މީހުންނަށް ގައުމަށް އަނބުރާ އާދެވޭނެ ކަމެއް އަދިވެސް ނޭނގެއެވެ. މިހާތަނަށް އައިއިރު އިންޑިޔާއިން ކޮވިޑް-19 އަށް 14,425 (ސާދަހާސް ހަތަރު ސަތޭކަ ފަންސަވީސް) މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ ގިނަ ގައުމުތަކުން ވަނީ ދަތުރުފަތުރު ކުރުން ހުއްޓާލާފަ އެވެ. އެއާއެކު އެއަރލައިންތަކަށް އަންނަނީ ގެއްލުންވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް