ކ. މާލެ
|
17 އޭޕްރިލް 2020 | ހުކުރު 23:10
ކޮވިޑް-19 އާ ބެހޭ ގޮތުން ޖަރުމަނުގެ ރައްޔިތުންނަށް ޗަންސެލަރ އެންޖެލާ މާކެލް މި އަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހު މައުލޫމާތު ދެއްވަނީ
ކޮވިޑް-19 އާ ބެހޭ ގޮތުން ޖަރުމަނުގެ ރައްޔިތުންނަށް ޗަންސެލަރ އެންޖެލާ މާކެލް މި އަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހު މައުލޫމާތު ދެއްވަނީ
ރޮއިޓަރސް
ޖަރުމަނުގެ ހާލަތު ރަނގަޅުވަމުން އައުން
ޖަރުމަނުގައި ބަލި ފެތުރޭ މިންވަރު ވަރަށް ދަށަށް، ލޮކްޑައުނަށް ދޫ ދެނީ
އެކަކު ގައިން އަނެކަކު ގަޔަށް ބަލި ފެތުރޭ މިންވަރަކީ 0.7

ޖަރުމަނުވިލާތުގައި ކޮވިޑް-19 އެކަކު ގައިން އަނެކަކު ގަޔަށް ފެތުރޭ ރޭޓް ދަށަށް ހިނގައްޖެ ކަމަށް ޖަރުމަނު ސަރުކާރުން ހާމަ ކޮށްފިއެވެ.

އެ ގައުމުގެ ޑިޒީސް ކޮންޓްރޯލް އޭޖެންސީ، ރޮބަޓް ކޮޗް އިންސްޓިޓިއުޓުން ބުރާސްފަތި ދުވަހު ހާމަ ކުރި ތަފާސް ހިސާބަށް ބަލާއިރު އެކަކު ގައިން އަނެކަކު ގަޔަށް ބަލި ފެތުރޭ މިންވަރަކީ 0.7 އެކެވެ.

މިއާ އެކު، ލޮކްޑައުންގައި އޮތް ޔޫރަޕްގެ އެންމެ ބޮޑު އިގްތިސާދު ކަމުގައިވަ ޖަރުމަނު ވިލާތުން އާއްމު ހާލަތަކަށް ރުޖޫއަ ވުމަށް މަޑުމަޑުން އަޅަން ޖެހޭ ފިޔަވަޅުތަކާ ދިމާލަށް އެ ގައުމުން ވަނީ މިސްރާބު ޖަހާފައެވެ.

ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މާކެލް ބުދަ ދުވަހު ވިދާޅުވީ، ވަކި ސައިޒެއްގެ ފިހާރަތައް، ސިއްހީ މިންގަނޑު ތަކަށް ފެތޭ ނަމަ، ހުޅުވުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން މެއި މަހުގެ 4 ން ފެށިގެން ސްކޫލްތައް ހުޅުވުމަށް ހުއްދަ ދިނުމަށްވެސް ޖަރުމަނު ސަރުކާރުން ވަނީ ނިންމާފައެވެ.

ނަމަވެސް އޮގަސްޓް 31 އާ ހަމައަށް 2 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗަށް އެއް ނުވުމާއި، ގިނަ މީހުން ހިމެނޭ ގޮތުން އިވެންޓްތައް ބޭއްވުން އޮންނާނީ މަނާ ވެފައި ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް