ކ. މާލެ
|
17 އޭޕްރިލް 2020 | ހުކުރު 09:41
ސައުދީ ޕްރީސްކޫލެއް
ސައުދީ ޕްރީސްކޫލެއް
ސައުދީގެޒެޓް
އިމްތިހާނަކާ ނުލާ ދަރިވަރުން ޕްރޮމޯޓްކުރަނީ
ހުރިހާ ދަރިވަރުން އިމްތިހާނަކާ ނުލާ ގްރޭޑް ބަދަލުކުރަން ސައުދީން ނިންމައިފި
މި ނިންމުމާއި ގުޅިގެން ސަރުކާރު ހުރިހައި ސްކޫލެއްގެ ކުދިން ޕްރޮމޯޓްކުރުމަށް ވަނީ ހަމަޖެހިފައި
ކަރިކިއުލަމް ނިންމާނީ ދުރުންދޭ ތައުލީމުގެ އެހީގައި
ޕްރައިވެޓް ސްކޫލްތަކުން ބޭނުންވާ ގޮތައް އިމްތިހާނު ކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ވަނީ ހުއްދަދީފައި

ސައުދީއަރަބިއްޔާގެ ޕަބްލިކް ހުރިހައި ސްކޫލެއްގެ ދަރިވަރުން އިމްތިހާނަކާއި ނުލާ ޖެހިގެން އިންނަ ގްރޭޑަށް ބަދަލުކުރުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކޮށް އެޤައުމުގެ ތަޢުލީމާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ އިބްތިދާއީ، ޘާނަވީ އަދި މަތީ ޘާނަވީ ކްލާސްތަކުގެ ދަރިވަރުންގެ އިތުރުން، ޕްރީސްކޫލާއި ކިންޑަރ ގާރޓެންގެ ދަރިވަރުންވެސް ޖެހިގެން އިންނަ ގްރޭޑަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެ ވުޒާރާއިން މިގޮތައް ނިންމީ، އެޤައުމުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު، އެ ރޯގާ ކޮންޓްރޯލް ކުރެވޭނެ ދުވަހެއް އަންދާޒާކުރަން ނޭގޭތީއެވެ. އަދި ބަލިމަޑުކަމުން އަރައިގަނެވޭނެ ދުވަހެއްވެސް ނޭގޭތީއެވެ.

ސައުދީގެ ތައުލީމާއި ބެހޭ ވަޒީރު ޑރ. ހަމަދު އަލް-ޝައިޚް ވިދާޅުވީ، މިއީ ޚާއްޞަ ޙާލަތަކާއި ގުޅިގެން ޢަމަލުކުރަން ނިންމެވި ގޮތެއް ކަމަށެވެ. އަދި މުދައްރިސުންނާއި، އެޑްމިނިސްޓްރޭޓަރުންގެ އެހީގައި މި ހިނގާ ދިރާސީ އަހަރުގެ ކަރިކިއުލަމް ނިމުމުން އެފަދަ ފިޔަވަޅެއް އެޅުއްވީ ކަމަށެވެ. އަދި ދިރާސީ އަހަރު ނިމެންދެން ދުރުންދޭ ތައުލީމުގެ ގޮތުގައި ދަރިވަރުންނަށް އުގަންނައިދިނުމުގެ ކަންކަން ކުރިޔަށްގެންދަވާނެކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ސައުދީގެ ތައުލީމާއި ބެހޭ ވުޒާރާއިން ވަނި އެޤައުމުގައި ހިންގާ ޕްރައިވެޓް ސްކޫލްތަކާއި، އިންޓަރނޭޝަނަލް ސްކޫލްތަކައް، އެތަންތަނުން ބޭނުންވާ ގޮތަކައް ކުދިން އިމްތިޙާނުކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް އިރުޝާދުދީފައެވެ.

- ކޮމެންޓް