ކ. މާލެ
|
17 އޭޕްރިލް 2020 | ހުކުރު 08:10
އެެމެރިކާގައި ކޮވިޑް-19 ޖެހިފައިވާ މީހަކަށް ކުއްލި ފަރުވާ ދެނީ
އެެމެރިކާގައި ކޮވިޑް-19 ޖެހިފައިވާ މީހަކަށް ކުއްލި ފަރުވާ ދެނީ
ސައުދީ ގެޒެޓް
އެމެރިކާއިން ގިނަ އަދަދެއްގެ މަރު
ކޮވިޑް-19 ޖެހިގެން ފާއިތުވެދިޔަ 24 ގަޑިއިރު އެމެރިކާއިން 4،491 މަރު
އެމެރިކާއިން 677,570 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ
585,445 ފަރުވާދެމުންދާއިރު، 13,369 މީހެއްގެ ޙާލު ވަރަށް ސީރިއަސް
ފަރުވާ ދީގެން މިހާތަނަށް، 57,508 މީހުން ވަނީ ރަނގަޅުކުރެވިފަ

އިއްޔެ އެކަނި އެމެރިކާއިން ކޮވިޑް-19 ޖެހިގެން 4،491 މީހުން މަރުވެއްޖެއެެވެ.

ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، މިއީ އެމެރިކާގައި ކޮވިޑް-19 ފެތުރެން ފެށިފަހުން، މިހާތަނަށް އެމެރިކާއިން އެންމެ ގިނައިން ކޮވިޑް-19 ޖެހިގެން މީހުން މަރުވިކަމަށް ރިކޯޑުކުރެވުނު ދުވަހެވެ. މިއާއެކު އެމެރިކާގައި މަރުވީ މީހުންގެ ޢަދަދު ވަނީ 32،917 އަށް އަރާފައެވެ.

އެންމެ ފަހުގެ ޑޭޓާތައް ދައްކާގޮތުން އެމެރިކާއިން 677,570 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި 585,445 ފަރުވާދެމުންދާއިރު، 13,369 މީހެއްގެ ޙާލު ވަރަށް ސީރިއަސްއެވެ. އަދި ފަރުވާ ދީގެން މިހާތަނަށް، 57,508 މީހުން ވަނީ ރަނގަޅުކުރެވިފައެވެ.

ދުނިޔޭގެ 215 ޤައުމު/ޓެރިޓަރީސްއަކަށް ވައިރަސް ފެތުރިފައިވާއިރު، އަދިވެސް އެންމެ ޙާލަތު ގޯހީ އެމެރިކާގައެވެ. މިހާތަނަށް އެންމެ ގިނަ މީހުން ވައިރަސްޖެހިގެން މަރުވީވެސް، އަދި އެންމެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީވެސް އެމެރިކާއިންނެވެ.

- ކޮމެންޓް