ކ. މާލެ
|
17 އޭޕްރިލް 2020 | ހުކުރު 07:43
ހަރަމް ފުޅުގެ ހަރިންމަ ތެރޭގައި ހަރުކުރި ތަރމަލް ކެމެރާއެއް އެކްޓިވޭޓް ކުރަނީ
ހަރަމް ފުޅުގެ ހަރިންމަ ތެރޭގައި ހަރުކުރި ތަރމަލް ކެމެރާއެއް އެކްޓިވޭޓް ކުރަނީ
ސައުދީ ގެޒެޓް
ހަރަމްފުޅުގައި ތަރމަލް ކެމެރާ ހަރުކުރުން
ހަރަމްފުޅުގައި ތާރމަލް ކެމެރާ ހަރުކޮށްފި
ކެމެރާތަކުން އެއްފަހަރާ 25 މީހުންގެ ހަށިގަނޑުގެ ހޫނުމިން ބަލާލެވޭނެ
މި ސްކޭނަރުން ރިއަލް ޓައިމްގަ މީހުންގެ އޯޑިއޯއާއި ވީޑިއޯގެ އިތުރުން، މީހުންގެ ހުމުގެ ޑޭޓާ ރިކޯޑްކޮށްލެވޭނެ
ސްކޭނަރ ފަރުމާކޮށްފައިވަނީ އެއްމަސްދުވަސް ވަންދެން ޑޭޓާ ބެހެއްޓޭގޮތައް

މަސްޖިދުލް ޙަރަމްއަށް ވަންނަ މީހުންގެ ހަށިގަނޑުގެ ފިނުހޫނުމިން ބެލުމަށް ޚާއްޞަ ތަރމަލް ސްކޭން ކެމެރާތަކެއް ހަރުކޮށްފިއެވެ.

ސައުދީ ޕްރެސް އޭޖެންސީން ރިޕޯޓުކުރާގޮތުގައި، މިއީ ކައުބަތުﷲ ގެފުޅާއި މާތްވެގެންވާ ޙަރަމްފުޅުގެ ތެރޭގައި ކޮވިޑް-19 އިން ފެތުރުނުނަ ނުދިނުމުގެގޮތުން އެޤައުމުގެ "ޖެެނެރަލް ޕްރެސިޑެންސީ ފޮރ ދަ އެފެއަރޒް އޮފް ގްރޭންޑް މޮސްކް އެންޑް ދަ ޕްރޮފެޓްސް މޮސްކް" އިން އެޅި ސަލާމަތީ ފިޔަަވަޅެކެވެ.

ހަރަމްފުޅުގައި ޤާއިމުކުރި ކެމެރާތަކުން އެއްފަހަރާ 25 މީހުންގެ ހަށިގަނޑުގެ ހޫނުމިން ބަލާލެވޭނެއެވެ. 9 މީޓަރު ދުރުގައި ހުންނަ މީހެއްގެ ހޫނުމިން ބަލާލެވޭ މި ސްކޭނަރުން ނަގާ ރީޑިންގ ވަރަށް "އެކިއުރޭޓް" ވާނެކަމަށްވެސް ސައުދީ ޕްރެސް އޭޖެންސީން ބުނެއެވެ. ހުއްޓުމެއްނެތި މަސައްކަތް ކުރާ ގޮތައް ޕްރޮގުރާމް ކުރެވިފައިވާ މި ސްކޭނަރުން ރިއަލް ޓައިމްގަ މީހުންގެ އޯޑިއޯއާއި ވީޑިއޯގެ އިތުރުން، މީހުންގެ ހުމުގެ ޑޭޓާ ރިކޯޑްކޮށްލެވޭނެއެވެ.

މި ސްކޭނަރ ފަރުމާކޮށްފައިވަނީ އެއްމަސްދުވަސް ވަންދެން ޑޭޓާ ބެހެއްޓޭގޮތަށެވެ. އޭގެ އިތުރުން އެހެނިހެން މޯބައިލް ޑިވައިސްތަކަށް މި ޑޭޓާތައް ވަރަށް ފަސޭހައިން ޓްރާސްފަރ ކުރެވޭނެ ކަމަށް، ވެސް ސައުދީ ޕްރެސް އޭޖެންސީން ބުނެއެވެ.

- ކޮމެންޓް