ކ. މާލެ
|
16 އޭޕްރިލް 2020 | ބުރާސްފަތި 09:09
ވުހާން ސިޓީން ލޮކްޑައުން ނެގުމާއެކު މީހުން އަންނަނީ މަގުތަކަށް ނިކުމެ އާންމު ދިރިއުޅުމަށް ރުޖޫޢަވަމުން
ވުހާން ސިޓީން ލޮކްޑައުން ނެގުމާއެކު މީހުން އަންނަނީ މަގުތަކަށް ނިކުމެ އާންމު ދިރިއުޅުމަށް ރުޖޫޢަވަމުން
ރޮއިޓަރސް
ކޮވިޑް-19 ޗައިނާގެ ހާލަތު
ޗައިނާގައި އިއްޔެ ވައިރަސް ޖެހުނީ 46 މީހުންނަށް
 
މިހާތަނަށް އާއިރު ޗައިނާގައި މިވައިރަސް 82,341 މީހުންނަށް ވަނީ ޖެހިފައި
 
12 މީހުންނަކީ ޗައިނާގެ ތެރެއިން ރިޕޯޓްކޮށްފައިވާ މީހުން
 
34 މީހުންނަކީ އެގައުމަށް އެތެރެވި މީހުން

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާއިން އިއްޔެ ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ 46 މީހުންނަށެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު އޮތޯރިޓީން ހާމަކުރާ ގޮތުގައި ބުދަ ދުވަހު އެގައުމުގައި ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ ތެރެއިން 34 މީހުންނަކީ އެގައުމަށް އެތެރެވި މީހުންނެވެ. އަންގާރަ ދުވަހު އެގައުމަށް އެތެރެވެފައިވާ މީހުންގެ ތެރެއިން 36 މީހަކަށް ވައިރަސް ޖެހިގެން ވަނީ ރިޕޯޓްކޮށްފަ އެވެ.

ބުދަ ދުވަހު ވައިރަސް ޖެހިގެން ދެން ރިޕޯޓްކޮށްފައިވާ 12 މީހުންނަކީ ޗައިނާގެ ތެރެއިން ރިޕޯޓްކޮށްފައިވާ މީހުންނެވެ. އެހެންނަމަވެސް އެންމެ ފުރަތަމަ ވައިރަސް ފެނުނު ހޫބޭ ޕްރޮވިންސުން ބުދަ ދުވަހު އެއްވެސް މީހަކަށް ވައިރަސް ޖެހިފައިނުވާކަމަށް ޗައިނާގެ ނޭޝަނަލް ހެލްތުން ބުނެއެވެ.

އަނެއްކޮޅުން ވައިރަސް ހަށިގަނޑުގައި ހުންނަކަމުގެ އަލާމާތެއް ނުފެނިވެސް ޗައިނާގައި އަންނަނީ ވައިރަސް ފެތުރެމުންނެވެ. އެގޮތުން މިހާތަނަށް 64 މީހަކަށް ވަނީ އެގޮތަށް ވައިރަސް ޖެހިގެން ޗައިނާއިން ރިޕޯޓްކޮށްފަ އެވެ.

މިހާތަނަށް އާއިރު ޗައިނާގައި މިވައިރަސް 82,341 މީހުންނަށް ވަނީ ޖެހިފަ އެވެ. އަދި އެގައުމުގައި 3,342 މީހުން ވައިރަސް ޖެހިގެން މިހާތަނަށް އާއިރު މަރުވެފައެވެ.

ޗައިނާގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވުމާއެކު ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންކޮށްފައި އޮތް ވުހާން ޕްރޮވިންސްގެ ލޮކްޑައުން ވަނީ އޭޕްރީލްމަހުގެ 8 ވަނަ ދުވަހުން ފެށިގެން އުވާލާފަ އެވެ. އަދި މިހާރު ޗައިނާއިން އަންނަނީ އާންމު ހާލަތަށް ރުޖޫޢަވެ މަސައްކަތްތައް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް