ކ. މާލެ
|
16 އޭޕްރިލް 2020 | ބުރާސްފަތި 09:11
އެމެރިކާގައި ހަލުވިކަމާއެކު އަންނަނީ ކޮވިޑް-19 ފެތުރެމުން
އެމެރިކާގައި ހަލުވިކަމާއެކު އަންނަނީ ކޮވިޑް-19 ފެތުރެމުން
އަލްޖަޒީރާ
ކޮވިޑް-19 ގައި މަރުވާ މީހުން
އެމެރިކާގައި ފާއިތުވި 24 ގަޑިއިރު މަރުވި މީހުންގެ އަދަދު 2600 އަށް ވުރެ މަތި
 
އެމެރިކާގައި މިހާތަނަށް މިވައިރަސް ޖެހިގެން 28,529 މީހުން ވަނީ މަރުވެފައި

ކޮވިޑް-19 މިވަގުތު އެންމެ ހަލުވި މިނުގައި ދުނިޔޭގައި ފެތުރެމުން އަންނަ އެމެރިކާގައި ފާއިތުވި 24 ގަޑިއިރު މަރުވި މީހުންގެ އަދަދު 2600 ށް ވުރެ މައްޗަށް ގޮސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޮވިޑް-19 ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދުތައް ހާމަކުރަމުންދާ ޖޯންސް ހޮޕްސްކިން ޔުނިވަރސިޓީން ހާމަކުރާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އެމެރިކާއިން މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 2600 ށް ވުރެ މައްޗެވެ. އަދި މިއީ މިހާތަނަށް އެމެރިކާގައި މިވައިރަސް ޖެހިގެން އެންމެ ގިނައިން މީހުން މަރުވި ދުވަސްކަންވެސް ފާހަގަކޮށްލެވެ އެވެ.

އެމެރިކާގައި މިހާތަނަށް މިވައިރަސް ޖެހިގެން 28,529 މީހުން ވަނީ މަރުވެފަ އެވެ. އަދި އެމެރިކާގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދުވަނީ 644,089 އަށް އަރާފަ އެވެ. މިވަގުތު ވައިރަސް ޖެހިގެން އެންމެ ގިނަ އަދަދަކަށް މީހުން މަރުވަމުން އަންނަނީވެސް އެމެރިކާއިންނެވެ.

އަނެއްކޮޅުން އެމެރިކާގައި މީހުން މަރުވަމުން މިއަންނަނީ އެގައުމުގެ އިންސްޓިޓިއުޓް ފޮރ ހެލްތު މެޓްރިކްސް އެންޑް އެވަލުޔޭޝަން އިން އަންދާޒާކޮށްފައިވާ އަދަދުތަކަށްވުރެ މަތިންނެވެ. އެއިންސްޓިޓިޔުޓުން އަންދާޒާކުރާ ގޮތުގައި އެމެރިކާގައި ކޮވިޑް-19 ޖެހިގެން 68,000 މީހުން ޖޫންމަހުގެ 28 ވަނަ ދުވަހާ ހަމައަށް މަރުވާނެ އެވެ.

މިއިންސްޓިޓިއުޓުން އޭޕްރީލްމަހުގެ 15 ވަނަ ދުވަސް ނިމޭއިރު 28,014 މީހުން މަރުވާނެކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ނަމަވެސް އޭޕްރީލް މަހުގެ 15 ވަނަ ދުވަސް ނިމުނުއިރު އެގައުމުގައި 28،529 މީހުން ވަނީ މަރުވެފަ އެވެ.

އަނެއްކޮޅުން އެމެރިކާގައި ވައިރަސް ފެތުރޭތީ އެކަން ހުއްޓުވުމަށްޓަކައި ސްކޫލްތަކާއި އޮފީސްތައް ބަންދުކޮށްފައި އޮތްއޮތުމާމެދު އިތުރަށް ވިސްނާ އައު ފިޔަވަޅުތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު އިއުލާންކުރައްވާނެ އެވެ. ވައިރަސް ހަލުވިކަމާއެކު ފެތުރެމުން ނުދާ ސްޓޭޓްތަކުގައި މަސައްކަތްކުރާ ތަންތަން ހުޅުވައިގެން މަސައްކަތްތައް ފެށުމުގެ ވިސްނުމެއް އެމެރިކާގެ ރައީސް އަންނަނީ ގެންގުޅުއްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
50%
50%
0%
ކޮމެންޓް