ކ. މާލެ
|
15 އޭޕްރިލް 2020 | ބުދަ 12:29
ވޯޓުލާ މަރުކަޒުތަކުގެ ބޭރުގައި މީހުން ކިޔޫ ހަދައިގެން
ވޯޓުލާ މަރުކަޒުތަކުގެ ބޭރުގައި މީހުން ކިޔޫ ހަދައިގެން
ރޮއިޓަރސް
ދެކުނު ކޮރެއާގެ އާންމު އިންތިހާބު
އިޖުތިމާއީ ގައިދުރުކަމާއި އިތުރު ފިޔަވަޅުތަކާއެކު ދެކުނު ކޮރެއާގެ ޕަރލިމެންޓްރީ އިންތިހާބު ކުރިއަށް
 
ގިނަ ގައުމުތަކެއް އިންތިހާބުތައް ފަސްކުރަން ވަނީ ނިންމާފަ
 
މިއީ ކޮރޯނާވައިރަސް ވަބާ ގެ ދަނޑިވަޅުގައި ކުރިއަށް ގެންދާ ފުރަތަމަ ގައުމީ އިންތިހާބު
 
ހަރުކަށި ފިޔަވަޅުތަކެއް ދެކުނު ކޮރެއާ ސަރުކާރުން ވަނީ އަޅާފައި

އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމާއި، މާސްކާއި އަންގި އެޅުމަށް ދެވުނު ހަރުކަށި އިރުޝާދުތަކާއެކު ދެކުނު ކޮރެއާގެ ޕަރލިމެންޓްރީ އިންތިހާބުގައި ވޯޓުލާން ފަށައިފިއެވެ.

މިއީ ކޮރޯނާވައިރަސްގެ ވަބާ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އެންމެ ގިނަ ބަޔަކަށް ވޯޓު ލެވޭ ގޮތަށް ކުރިއަށް ގެންދާ އިންތިހާބެވެ. އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 14،000 ވޯޓުލާ މަރުކަޒު ގާއިމުކުރެވިފައިވާއިރު، ހެނދުނު 06:00 ގައި ވަނީ ވޯޓުލާން ފަށާފައެވެ.

ވޯޓުލާ މަރުކަޒަތަކަށް ދާ މީހުންގެ ހުން ބެލުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސާފައެވެ. އަދި 37.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތި ނަމަ، އެ މީހުން ވޯޓުލާން ދާން ޖެހެނީ ހާއްސަ ބޫތަކަށެވެ. އަދި ވޯޓުލާ ހުރިހާ ފަރާތްތަކުން ސެނިޓައިޒަރ ބޭނުންކުރަން ޖެހެއެވެ.

ދެކުނު ކޮރެއާ އަކީ މި ވައިރަސް ފުރަތަމަ ކޮޅު ފެނުނު އައުޓްބްރޭކް ލެވަލްއަށް ދިޔަ ގައުމުގެ ތެރެއިން ވައިރަސް ކޮންޓްރޯލް ކުރުމުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ގައުމެވެ. އަދި އެ ގައުމުގެ ޓެސްޓިންގ ކުރިއަށް ގެންދާ ގޮތާއި ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ސިއްހީ މާހިރުންގެ ތައުރީފު ވަނީ ލިބިފައެވެ.

މި ދަނޑިވަޅުގައި، ހާއްސަކޮށް ވޯޓު ލުމުގެ ކަންކަން ކުރިއަށްދާ އިރު އިތުރަށް ސަމާލުވުމަށް އެ ގައުމުގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
100%
0%
ކޮމެންޓް