ކ. މާލެ
|
14 އޭޕްރިލް 2020 | އަންގާރަ 21:38
ލަންކާގެ މަގެއްގެ މަތި: އެކި ސަރަހައްދުތަކުގައި ދަނީ ކާފިޔު ހިންގަމުން
ލަންކާގެ މަގެއްގެ މަތި: އެކި ސަރަހައްދުތަކުގައި ދަނީ ކާފިޔު ހިންގަމުން
އިކޮނޮމީ ނެކްސްޓް
ލަންކާގައި ކަާފިޔު ހިންގުން
ކޮވިޑް-19: ލަންކާގައި ކާފިޔުއާ ހިލާފުވެގެން 26،000 މީހުން ހައްޔަރަށް
 
ގިނަ އަދަދެއްގެ އުޅަނދުތަކެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި
 
24 ގަޑިއިރު ތެރޭގައި 1606 މީހުން ވަނީ ހައްޔަރު ކޮށްފައި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސްރީލަންކާގައި ހިންގާ ކާފިޔުއާ ހިލާފުވެގެން މާރޗް މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 26،637 (ސައްބީސް ހާސް ހަތް ސަތޭހަ ތިރީސް ހަތް) މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، ފާއިތުވި 24 ގަޑިއިރު ތެރޭގައި ކާފިޔުއާ ހިލާފުވެގެން 1606 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި ގަޑިތަކުގައި 373 އުޅަނދު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކާފިޔުއާ ހިލާފުވާ ފަރާތްތަކާއިމެދު ހަރުކަށި ފިޔަވަޅު އަޅަމުންދާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ. ފުލުހުން ބުނީ، ކޮވިޑް-19ގެ ކަންތައް ހަމަޔަކަށް އެޅުމުން ބެލުމުގެ ދަށުގައި ތިބި އުޅަނދުތައް އެ އުޅަނދުތަކުގެ ވެރިފަރާތަކާއި ހަވާލު ކުރެވޭނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ލަންކާގެ އެކި ސަރަހައްދުގައި ދަނީ ކާފިޔު ހިންގަމުންނެވެ. އަންގާރަ ދުވަހުގެ މެންދުރާ ހަމަޔަށް ލަންކާގައި ކޮވިޑް-19 އަށް 219 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
100%
0%
0%
ކޮމެންޓް