ކ. މާލެ
|
14 އޭޕްރިލް 2020 | އަންގާރަ 11:56
ޔޫއޭއީގައި އޮންލައިންކޮށް ކައިވެނިކޮށްދޭ މަންޒަރު އާއިލާގެ މީހުން ލައިވްކޮށް ބަލަނީ
ޔޫއޭއީގައި އޮންލައިންކޮށް ކައިވެނިކޮށްދޭ މަންޒަރު އާއިލާގެ މީހުން ލައިވްކޮށް ބަލަނީ
ސައުދީ ގެޒެޓް
އޮންލައިންކޮށް ކައިވެނި ކުރުމުގެ ޚިދުމަތް
ކޮވިޑް-19: އޮންލައިންކޮށް ކައިވެނި ކުރުމުގެ ހުއްދަ ޔޫއޭއީން ދީފި
 
ކައިވެންޏާއި ބެހޭ ހުރިހައި މުއާމަލާތްތައް ޑިޖިޓަލްކޮށް ކުރެވޭނެ
 
ކައިވެންޏަށް ބޭނުންވާ ލިޔެކިޔުންތައް އޮންލައިންކޮށް ކޯޓާއި ހިއްސާކުރެވޭނެ
 
"ޑިޖިޓަލް ވެޑިންގ ސަރވިސް" ގެ ޚިދުމަތް ޔޫއޭއީން މިފެށީ، އާންމު ޞިއްހަތުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން

ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ކޮވިޑް-19 ފެތުރެމުންދާތީ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަަވަޅެއްގެ ގޮތުން އޮންލައިން މެދުވެރިކޮށް ކައިވެނީގެ ކަންކަން ކުރުމުގެ އިންތިޒާމުތައް އެޤައުމުގެ ސަރުކާރުން ހަމަޖައްސައިދީފިއެވެ.

ޔޫއޭއީ ސަރުކާރުގެ މިނިންމުމާއި ގުޅިގެން، އެޤައުމުގެ ޖަސްޓިސް މިނިސްޓްރީން މިހާރުވަނީ ކައިވެންޏަށް ޚާއްޞަ ވެބްސައިޓެއް ލޯންޗުކޮށް، އޭގެ ޒަރީއާއިން ކައިވެންޏާއި ބެހޭ ހުރިހައި މުއާމަލާތެއް ކުރެވޭނެ އިންތިޒާމު ހަނަޖައްސާފައެވެ. އެގޮތުން ކައިވެނި ކުރުމަށް ބޭނުންވާ ދެ މީހުންނާއި، ހެކިވެރިންނާއި ބަލަދުވެރިންގެ ލިޔެކިޔުންތަކާއި، އަދި ކައިވެންޏަށް ބޭނުންވާ އެހެނިހެން ލިޔެކިޔުންތައްވެސް މި ވެބްސައިޓް މެދުވެރިކޮށް އާއިލާއާއި ކޯޓުތަކާއި ދެމެދު ބަދަލުކުރެވޭނެގޮތް ވަނީ ހަމަޖެހިފައެވެ.

ޔޫއޭއީ ސަރުކާރުން ފެށި މި އާ ޚިދުމަތުގެ ތެރެއިން ކައިވެިނ ކުރަން ބޭނުންވާ ދެފަރާތައް ސަރުކާރުގެ ހުއްދަ އޮންނަ ރެޖިސްޓްރަރ އަކުން ބޭނުން ޤާޟީއަކު އިޚުތިޔާރުކުރުމުގެ ފުރުޞަތު އޮވެއެވެ. އަދި ކައިވެނީގެ ހުރިހައި ލިޔެކިޔުމެއް ހަމަވުމުން، އެމީހުން ބޭނުންވާ ތާރީޚަކަށް ކައިވެނީގެ ވަލީމާ ބޭއްވުމުގެ އިޚުތިޔާރު ކުރެވެއެވެ. އަދި އިޚުތިޔާރު ކުރާ ތާރީޚެއްގައި ވާރޗުއަލް ވީޑީއޯ ކޮންފަރެންސްފެ ޒަރީއާއިން ގޭގައި ތިބެގެން ކައިވެނިކޮށްދިނުމުގެ ހަފުލާ ކުރިޔަށްގެންދެވޭނެއެވެ. ގާޟީ ކައިވެނިކުރުމުގެ ކުރިން ކައިވެނީގެ ސެޓިފިކެޓްގައި ސޮއިކުރުވާ އީމެއިލްގެ ޒަރީއާއިން އެދެމަފިރިންނަށް ފޮނުވާގޮތައްވެސް ވަނީ ހަމަޖައްސާފައެވެ. އެހެންކަމުން ކައިވެނީގެ ހަފުލާތެރެއިން އެމީހުންނަށް ކައިވެނީގެ ސެޓިފިކެޓް ލިބޭނެއެވެ.

"ޑިޖިޓަލް ވެޑިންގ ސަރވިސް" ގެ ޚިދުމަތް ޔޫއޭއީން މިފެށީ، އާންމު ޞިއްހަތުގެ ރައްކާތެރިކަމަށާއި، ޤާނޫނީ ޚިދުމަތްތަކައް ލުއިފަސޭހަގޮތެއްގައި އާންމުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުންނެވެ. މި ޚިދުމަތުގެ ތެރެއިން އެޤައުުމުގެ ކޮންމެ ޞަރަޙައްދެގައި ހުރި މީހަކަށްވެސް ކައިވެނި ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

ޔޫއޭއީން މިހާތަނަށް 4,521 މީހަކަށް ކޮވިޑް-19 ޖެހިފައިވެއެވެ. އަދި ފަރުވާދީގެން 852 ރަނަގޅުކުރެވިފައިވާ އިރު 25 މީހުން ވަނީ މަރުވެފައެވެ. މިހާރުވެސް 3,644 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

0%
0%
0%
0%
100%
0%
ކޮމެންޓް
ގުޅުންހުރި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް ހުޅުމާލެއިން 500ށް ވުރެ ގިނަ ގޯތި ދޫކޮށްފި
ސޯޝަލް މީޑިއާގައި ފާޅުގައި އެއްޖިންސުން ގުޅުން ހިންގުމާއި ބޭއަދަބީ ކަންކަން ޕްރޮމޯޓް ކުރަމުންދާއިރު، އިދާރާތަކުގެ ހިލަމެއް ނެތް
ހުޅުމާލޭ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަނިކޮށް، އަނިޔާވެގެން ބިދޭސީއަކު މަރުވެއްޖެ
ފިރިހެނުންނަށް ވަރިކުރުމުގެ ބާރު ދީފައިވަނީ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރުދޭކަށް ނޫން: ޚުތުބާ
ފުނަދޫގައި ސިހުރު ހެދިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ދޮގާއި ތެދު ހިމެނޭހެން މަޢުލޫމާތު އޮހެމުންދާ މި ޒަމާނުގައި، ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނަވާ: ރައީސް
އަޑިނޭނގޭ އަނދަވަޅަކަށް ވެއްޓިފައިވާ ލުބުނާނުގެ އިޤްތިޞާދު ކޮޅަށްޖެހުމަށް އީޔޫއިން އެހީވަނީ