ކ. މާލެ
|
14 އޭޕްރިލް 2020 | އަންގާރަ 11:34
ސައުދީގެ ސަރުކާރު ޕާމަސީއެއްގައި ފާމަސިސްޓަކު ބޭސްސިޓީ ޗެކްކުރަނީ
ސައުދީގެ ސަރުކާރު ޕާމަސީއެއްގައި ފާމަސިސްޓަކު ބޭސްސިޓީ ޗެކްކުރަނީ
ސައުދީ ގެޒެޓް
ހިލޭ ބޭސް ފޮނުވަދެނީ
ކޮވިޑް-19: ސައުދީ ހެލްތު މިނިސްޓްރީން ގެއަށް ބޭސް ޑެލިވަރކޮށްދެނީ
 
ބޭސް ސިޓީގައިވާ ބޭސް ބަލިމީހާއަށް ފޮނުވާނީ ޕޯސްޓުގެ ޒަރީއާއިން
 
ޑޮކްޓަރަށް ދެއްކުމުން، އެހޮސްޕިޓަލުގެ ފަރާތުން ފާމަސީއަށް ބޭސް ފޮނުވާނެ
 
ބޭސް ޑެލިވަރ ކޮށްދެނީ މީހުން އެއްވެ އުޅޭ ތަންތަނަށް އާންމުން ދިއުން މަދުކުރުމުގެ ގޮތުން

ސައުދީގެ ހޮސްޕިޓަލުތަކުގައި ޑޮކްޓަރުންދެއްވާ ބޭސް ސިޓީއަށް ބޭސް ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން އެޤައުމުގެ ރައްޔިތުންނަށާއި، އެޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުންނަށް ގެންގޮސްދޭގޮތައް ހަމަޖައްސައިފިއެވެ.

އެޤައުމުގެ މިނިސްޓްރީ އޮފް ހެލްތުން މި ޚިދުމަތްދެނީ އެއްވެސް ފީއެއް ނުނަގައެވެ. އެމިނިސްޓްރީންނ މިގޮތައް ނިންމީ ނޮވެލް ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. ވަކިން ޚާއްޞަކޮށް އެޤައުމުގެ ރަސްކަމުގެ ދަރުބާރުން އަމަލުކުރަމުންދާ ގައިދުރުކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުންނެވެ.

މި ޚިދުމަތާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހެލްތުން ވަނީ މައި ހޮސްޕިޓަލްތަކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި ފަހުމުނާމާގައި ހިމެނޭ ހޮސްޕިޓަލްތަކުގެ ތެރޭގައި، ވެރިޔަށް ރިޔާޒުގައި ހުންނަ ކިންގް ސަލްމާން ހޮސްޕިޓަލާއި، ދަމާމް ސިޓީގައި ހުންނަ މޭޓަރނިޓީ އެންޑް ޗިލްޑްރެން ހޮސްޕިޓަލާއި، ބުރައިދާގައި ހުންނަ ކިނގް ފަހްދު ހޮސްޕިޓަލާއި، އަލް އަހްސާގައި ހުންނަ މޭޓަރނިޓީ އެންޑް ޗިލްޑްރެން ހޮސްޕިޓަލް ހިމެނެއެވެ.

މިފަހުމުނާގައިވާ ގޮތުން ބަލިމީހާ ޑޮކްޓަރަށް ދައްކާ ހުރިހައި ތަހުލީލުތައް ނިމުމުން، އެހޮސްޕިޓަލެއްގެ ފާމަރސީއަށް ހޮޮސްޕިޓަލުން ފޮނުވާނެއެވެ. އަދި ސައްދީ ޕޯސްޓުން އެ ޝިޕްމެންޓްނަގާ، ޕޯސްޓުގެ ޒަރީއާއިން ބަލިމީހާގެ އެޑްރެހަށް ހިލޭ ފޮނުވަދޭނެއެވެ. އަދި ޕޯސްޓް ކުރުމަށްފަހު ފޯނުގެ ޒަރީއާއިން ބަލީ މީހާއަށާް ސައުދީ ހެލްތު މިނިސްޓްރީން ނޮޓިފިކޭޝަން މެސެޖެއް ފޮނުވާގޮތައް ވަނީ ހަމަޖެހިފައެވެ.

0%
100%
0%
0%
0%
0%
ކޮމެންޓް