ކ. މާލެ
|
14 އޭޕްރިލް 2020 | އަންގާރަ 08:46
ބަރނީ ސެންޑަރސް އާއި ޖޯ ބައިޑެން
ބަރނީ ސެންޑަރސް އާއި ޖޯ ބައިޑެން
އޭބީސީ ނިއުސް
ސެންޑަރސްގެ ތާއީދު ބައިޑެންއަށް
ބަރނީ ސެންޑަރސް ގެ ތާއީދު ޖޯ ބައިޑެންއަށް
 
އެމެރިކާގެ ހުރިހާ ރައްޔިތުންގެ ކިބައިން ބެއިޑެންއަށް ތާއީދުކުރެއްވުމަށް ސެންޑަރސް އެދިވަޑައިގެންނެވި
 
ބެއިޑަން އަށް ތާއީދު ކުރައްވާކަން އިއުލާން ކުރައްވާފައިވަނީ ހޯމަ ދުވަހު

މިއަހަރު ފަހުކޮޅު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް، ޑޮނަލްޑް ޓްރަމްޕްއާ ވާދަކުރައްވާ އިދިކޮޅު ޕާޓީގެ ކެންޑިޑޭޓަކަށް އެޤައުމުގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އަށް ތާއީދު ކުރައްވާކަން ބަރނީ ސެންޑަރސް އިޢުލާނު ކުރައްވައިފިއެވެ.

ބައިޑެން އާ އެންމެ ގާތުން ޕްރައިމަރީގައި ވާދަކުރެއްވާ ފަހުން ޕްރައިމަރީން ވެކިވެ ވަޑައިގެންފައިވާ ބަރނީ ސެންޑަރސް، ބެއިޑަން އަށް ތާއީދު ކުރައްވާކަން އިޢުލާނު ކުރައްވާފައިވަނީ ހޯމަ ދުވަހުއެވެ.

ލައިވް ސްޓްރީމް ކޮށް ކުރިއަށް ގެންދިޔަ ބައިޑެން ގެ ކެމްޕޭންގައި ބަރނީ ސެންޑަރ ވިދާޅުވެފައިވަނީ ވައިޓްހައުސް އަށް ބައިޑެން ބޭނުންވާ ކަމަށާއި އެކަމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި އެމެރިކާގެ ހުރިހާ ރައްޔިތުންގެ ކިބައިން ބެއިޑެންއަށް ތާއީދުކުރެއްވުމަށް ސެންޑަރސް ވަނީ އެދިވަޑައިގެންފައެވެ.

ސެންޑަރސްއާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށާއި، އަދި އެންމެހާ ބޭފުޅުން މާޔޫސްވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ބައިޑެން ވަނީ ވިދާޅުވެފައެވެ.

މި ދެބޭފުޅުންނަކީ ކުރިން ބައެއް ސިޔާސަތުތަކަށް ޚިޔާލު ތަފާތުވެ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ފާޑު ވިދާޅުވެފައިވާ ދެ ބޭފުޅުންނެވެ. އެގޮތުން ދެބޭފުޅުން ޚިޔާލު ތަފާތުވެފައި ވަނީ ޚާރިޖީ ސިޔާސަތާއި ސިއްޙަތާއި ބެހޭ ސިޔާސަތުތަކާއި މެދުގައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނާނީ މިއަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް