ކ. މާލެ
|
13 އޭޕްރިލް 2020 | ހޯމަ 15:03
ވައިރަސް ފެތުރޭ މިންވަރު ޗައިނާގައި ކޮންޓްރޯލް ކުރެވިފައިވީނަމަވެސް އަދިވެސް ބަލިޖެހޭ މީހުން އަންނަނީ ފެންނަމުން
ވައިރަސް ފެތުރޭ މިންވަރު ޗައިނާގައި ކޮންޓްރޯލް ކުރެވިފައިވީނަމަވެސް އަދިވެސް ބަލިޖެހޭ މީހުން އަންނަނީ ފެންނަމުން
ވޮޝިންގްޓަން ޓައިމްސް
ކޮވިޑް-19
ޗައިނާއިން ފާއިތުވި މަސް ދުވަސްތެރޭގައި އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރީ އިއްޔެ
 
އާދިއްތަ ދުވަހު އެގައުމަށް އެތެރެވި 98 މީހަކަށް ވައިރަސް ޖެހިފައިވޭ
 
އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އެގައުމުން 108 މީހަކަށް ވައިރަސް ޖެހިފައިވޭ

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާ އިން, އާދިއްތަ ދުވަހު 108 މީހަކަށް ވައިރަސް ޖެހިފައިވާ ކަމަށް އެ ގައުމުގެ ނެޝަނަލް ހެލްތް ކޮމިޝަނުން ހާމަކޮށްފި އެވެ.

މިއީ ފާއިތުވި ހަ ހަފުތާގެ ތެރޭގައި ވައިރަސް އަށް ޕޮޒިޓިވްވެގެން ޗައިނާ އިން މިހާ ގިނަ އަދަދެއްގެ ކޭސް ރިޕޯޓް ކުރި ފަހަރެވެ. އަދި ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި އަލަށް ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ސަތޭކައަށް ވުރެ މައްޗަށް އެރި ފުރަތަމަ ފަހަރެވެ.

ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނީ އާދިއްތަ ދުވަހު އެގައުމަށް އެތެރެވި 98 މީހަކަށް ވައިރަސް ޖެހިފައިވާކަމަށެވެ. އަދި ވައިރަސް އެ މީހުންގެ ގައިގައި ހުރިކަމުގެ އަލާމާތެއް ނުފެނި 61 މީހަކަށް ވައިރަސް ޖެހިފައިވާކަން ރިޕޯޓްކުރެވިފައިވާ ކަމަށެވެ. ވައިރަސް ޖެހިގެން 2 މީހަކު އާދިއްތަ ދުވަހު މަރުވެފައިވާ ކަމަށް ވެސް ޗައިނާއިން ބުނެ އެވެ.

ޗައިނާ އިން ބުނާ ގޮތުގައި މިވައިރަސް އެންމެ ފުރަތަމަ ފެނުނު ހޫބޭ ޕްރޮވިންސުން ވައިރަސް ޖެހިގެން މީހަކު އާދިއްތަ ދުވަހު ރިޕޯޓްކޮށްފައެއް ނުވެ އެވެ. ޗައިނާގެ ހޫބޭ ޕްރޮވިންސް ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސްފައިވާއިރު ޗައިނާއިން އަންނަނީ އާންމު ހާލަތަކަށް ރުޖޫޢަވުމަށް މަސައްކަތް ކުރަމުންނެވެ.

އެހެންނަމަވެސް، ވައިރަސް މީހުންގެ ހަށިގަނޑުގައި ހުރިކަމުގެ އަލާމާތެއް ނުފެނި ވައިރަސް ޖެހިފައިވާ މީހުން ޗައިނާގެ ތެރެއިން ފެންނަމުންދާތީ އެކަމުގެ ބިރުވެރިކަން ޗައިނާގެ ތެރޭގައި ވަނީ އުފެދިފަ އެވެ.

މިހާތަނަށް އަައިއިރު ޗައިނާއިން ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 82,160 އަށް އަރާފަ އެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 3,341 އަށް އަރާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް