ކ. މާލެ
|
13 އޭޕްރިލް 2020 | ހޯމަ 12:53
ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުން އަންދާތީ މުސްލިމުން ވަނީ ރުޅިގަދަ ވެފައި
ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުން އަންދާތީ މުސްލިމުން ވަނީ ރުޅިގަދަ ވެފައި
އަލްޖަޒީރާ
ކޮވިޑް-19 ޖެހިގެން މަރުވާ މީހުން އެންދުން
ކޮރޯނާވައިރަސް ޖެހިގެން މަރުވާ އެންމެން އަންދަން ލަންކާގައި މަޖުބޫރު ކޮށްފި
 
މުސްލިމް 3 މީހެއްގެ ހަށިގަނޑު މިހާތަނަށް ވަނީ އަންދާލާފައި

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ބަލީގައި މަރުވާ އެންމެންގެ ހަށިތައް އަންދަން ލަންކާ ސަރުކާރުން މަޖުބޫރު ކޮށްފިއެވެ.

އާދިއްތަ ދުވަހު ލަންކާ ސަރުކާރުން މި ގޮތައް ނިންމާ އިއުލާން ކުރުމާ ގުޅިގެން ލަންކާގެ މުސްލިމުންވަނީ ވަރަށް ބޮޑަށް ރުޅިގަދަ ވެފައެވެ. މުސްލިމުން ބުނަނީ މިއީ އިސްލާމީ އުސޫލްތަކާ ޚިލާފް ނިންމުމެއް ކަމުގައެވެ.

ކޮރޯނާވައިރަސް ޖެހިގެން ލަންކާގައި 7 މީހުން މިހާތަނަށް މަރުވެފައި ވާއިރު، އޭގެ ތެރެއިން 3 މީހުންނަކީ މުސްލިމުންނެވެ. އާއިލާއިން ދެކޮޅު ހަދަމުން ދަނިކޮށް މުސްލިމުންގެ ހަށިތައްވެސް ވަނީ އަންދާލާފައެވެ.

ލަންކާގެ ސިއްހަތާ ބެހޭ ވަޒީރު އާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ލަންކާ ސަރުކާރުން ނިންމާފައިވަނީ ކޮވިޑް-19 ބަލި ޖެހިގެން ނުވަތަ ބައްޔަށް ޝައްކު ކުރެވޭ މީހަކު މަރުވި ނަމަވެސް އެމީހެއްގެ ހަށިގަނޑު އަންދާލުމަށެވެ.

"ކޮވިޑް-19 ބަލީގައި ނުވަތަ މަރުވީ ކޮވިޑް-19 ޖެހިގެން ކަމަށް ޝައްކު ކުރެވުނު ނަމަވެސް ހަށިގަނޑު ޖެހޭނީ އަންދާލަން" ލަންކާގެ ސިއްހަތާ ބެހޭ ވަޒީރު އާދިއްތަ ދުވަހު ވިދާޅުވިއެވެ.

ލަންކާ ސަރުކާރުގެ މި ނިންމުމަށް މުސްލިމުންގެ އިތުރުން، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުންވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެމްނެސްޓީގެ ދެކުނު އެޝިއާގެ ޑިރެކްޓަރ ބިރާޖް ޕަޓްނައިކް ވިދާޅުވީ، އުނދަގޫ މި ދަނޑިވަޅުގައި ސަރުކާރުން މަސައްކަތް ކުރަންޖެހޭނީ މުޖްތަމައު ބައިބައި ކުރުމުގެ ބަދަލުގައި، އެއްބައިވަންތަ ކަން އުފެއްދުމަށް ކަމުގައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ބުނެފައިވަނީ، ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑު ވަޅުލުން ނުވަތަ އަންދާލުން ވެސް އެންމެ ރަނގަޅު ކަމުގައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މުޅި ގައުމުގައި ކާފިއު އިއުލާން ކޮށްފައިވާއިރު، މިހާތަނަށް ލަންކާ އިން 200 މީހުންނަށް ކޮވިޑް-19 ވަނީ ޖެހިފައެވެ.

ލަންކާގެ 21 މިލިއަން މީހުންގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ ދިހައެއް އިންސައްތައެވެ. ސްރީލަންކާގައި މުސްލިމުން ތަމްސީލް ކުރާ އެންމެ ބޮޑު ސިޔާސީ ޕާޓީންވެސް ވަނީ ސަރުކާރުގެ މި ނިންމުމަށް ދެކޮޅު ހަދާކަން ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
22%
67%
0%
11%
ކޮމެންޓް