ކ. މާލެ
|
13 އޭޕްރިލް 2020 | ހޯމަ 07:19
އިސްތިއުފާ ދެއްވި ތުރުކީގެ އިންޓީރިއާ މިނިސްޓަރު ސުލައިމާން ސޮއިލޫ
އިސްތިއުފާ ދެއްވި ތުރުކީގެ އިންޓީރިއާ މިނިސްޓަރު ސުލައިމާން ސޮއިލޫ
ޑެއިލީ ސަބާ
ތުރުކީ
ކޮވިޑް-19: ތުރުކީގެ އިންޓީރިއާ މިނިސްޓަރު އިސްތިއުފާ ދެއްވައިފި
 
ގޭގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ގަންނަން ލިބުނީ ދެގަޑިއިރު
 
ކުއްލިއަކަށް ލޮކްޑައުން ކުރަން ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި
 
އިސްތިއުފާ ދެއްވާފައިވަނީ ކޮވިޑް-19އާ ގުޅިގެން އެގައުމު ލޮކްޑައުން ކުރިތާ ދެވަނައަށްވީ ދުވަހު

ކޮވިޑް-19އާ ގުޅިގެން ތުރުކީގެ އިންޓީރިއާ މިނިސްޓަރު ސުލައިމާން ސޮއިލޫ އިސްތިއުފާ ދެއްވައިފި އެވެ.

ސުލައިމާންގެ އިސްތިޢުފާ ސިޓީގައި ވަނީ ތުރުކީގެ ރައީސް އަދި ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސުލައިމާން އިސްތިޢުފާ ދެއްވާފައިވަނީ ކޮވިޑް-19އާ ގުޅިގެން އެ ޤައުމު ލޮކްޑައުން ކުރިތާ ދެވަނައަށްވީ ދުވަހު އެވެ. އެގޮތުން ލޮކްޑައުން ކުރުމަށް ނިންމުމަށްފަހު ބޭރުތެރޭގައި އުޅުމަށް ރައްޔިތުންނަށް ލިބުނީ އެންމެ ދެގަޑިއިރެވެ. އެއާއެކު ފިހާރަތަކާއި ބާޒާރުތައް ތޮއްޖެހިގެން ދިޔައިރު އެތައްބައެއް ފާޑުކިޔުން އިންޓީރިއާ މިނިސްޓްރީގެ މިނިންމުމަށް ޢަމާޒުވެގެން ދިޔައެވެ.

ގޭގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ގަންނަން އެފަދަ ކުޑަ ވަގުތުކޮޅެއް ލިބުމުން އިޖްތިމާޢީ ގައިދުރުކަން ފަދަ މުހިންމު ކަންކަމަށް އަޅާލުން ކުޑަވުމާ ގުޅިގެން ވެސް ގިނަ ބައެއްގެ ފާޑު ކިޔުން މިނިސްޓްރީއަށް ޢަމާޒުވިއެވެ.

އެކަންކަމާ ގުޅިގެން އާދިއްތަ ދުވަހު ސުލައިމާން އިސްތިޢުފާ ދެއްވާފައިވާއިރު އޭނާ ވަނީ މިނިންމުންތަކުގެ ސަބަބުން ކުރިމަތިވި ނުރަނގަޅު ނަތީޖާތަކުގެ ޒިންމާ ނަންގަވާ ކަމަށް ވިދާޅުވެ މާފަށް އެދިވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
75%
25%
0%
0%
ކޮމެންޓް