ކ. މާލެ
|
13 އޭޕްރިލް 2020 | ހޯމަ 07:21
ސޯމާލިއާގެ ހޮސްޕިޓަލެއް
ސޯމާލިއާގެ ހޮސްޕިޓަލެއް
އަލްޖަޒީރާ
ކޮވިޑް-19
ކޮވިޑް-19:ސޯމާލިއާގެ ސްޓޭޓް މިނިސްޓަރު ހަލީފު މުއުމިން ނިޔާވެއްޖެ
 
މިއީ ކޮވިޑް-19 ޖެހިގެން މަރުވި ކަމަށް ރިޕޯޓް ކުރެވުނު ދެވަނަ ކޭސް
 
ނިޔާވީ އާދިއްތަ ދުވަހުގެ ވަގުތެއްގައި

ކޮވިޑް-19އަށް ފަރުވާ ހޯއްދަވަމުން ގެންދެވި ސޯމާލިއާގެ ސްޓޭޓް މިނިސްޓަރު ހަލީފު މުއުމިން ނިޔާވެއްޖެއެވެ.

ސޯމާލިއާގެ ސްޓޭޓް މިނިސްޓަރު ހަލީފު މުއުމިން ނިޔާވީ އާދިއްތަ ދުވަހުގެ ވަގުތުގައި މޮގަދިޝޫ މާޓީނީ ހޮސްޕިޓަލުގައި ކޮވިޑް-19އަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށްށެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ އެޤައުމުގައި ކޮވިޑް-19 ޖެހިގެން މަރުވި ކަމަށް ރިޕޯޓު ކުރެވުނު ދެވަނަ ކޭސްއެވެ. އެގޮތުން ފުރަތަމަ ކޭސް ރިޕޯޓުކުރެވުނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ. އަދި މަރުވެފައިވަނީ އުމުރުން 58 އަހަރުގެ މީހެއް ކަމަށް އެޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރު ކުރެއްވި ޓްވީޓެއްގައި ކަށަވަރުކޮށްދެއްވާފައިވެއެވެ. ނަމަވެސް އެކަމުގެ އިތުރު ތަފުޞީލެއް ހާމައެއް ނުކުރައްވައެވެ.

ސޯމާލިއާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މިހާތަނަށް އެޤައުމުން 21 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި ސަރުކާރުގެ އިސް އޮފިޝަލުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް