ކ. މާލެ
|
13 އޭޕްރިލް 2020 | ހޯމަ 02:28
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން
ގެޓީ އިމޭޖަސް
ބޮރިސް ޖޯންސަން
ބޮރިސްގެ ޝުކުރު އިނގިރޭސިވިލާތުގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް!
 
ނޭޝަނަލް ހެތްލް ސަރވިސްގެ ޓީމަކީ ވަރަށް ހިތްވަރުގަދަ ޓީމެއްގެ ގޮތުގައި ސިފަކުރެއްވި
 
ބޮރިސްގެ ހޮސްޕިޓަލުން ދޫކޮށްލެވި އާދިއްތަ ދުވަހުގެ ވަގުތެއްގައި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.

ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ބޮރިސްގެ ހޮސްޕިޓަލުން ދޫކޮށްލެވީ އާދިއްތަ ދުވަހުގެ ވަގުތެއްގެއެވެ. އަދި ގެއަށް ދޫކޮށްލެއްވުމާ ގުޅިގެން ޓްވިޓަރ މެދުވެރިކޮށް ވީޑިއޯ މެސެޖެއް ވަނީ ދެއްވާފަ އެވެ.

މިވީޑިއޯ މެސެޖުގައި އެމަނިކުފާނު ވަނީ ހިތުގެ ފުންމިނުން ނޭޝަނަލް ހެތްލް ސަރވިސްއާއި، މިކަންކަމުގައި އުޅޭ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާކަމަށް ވިދާޅުވެފަ އެވެ.

ބޯރިސް ވިދާޅުވީ ނޭޝަނަލް ހެތްލް ސަރވިސްގެ ޓީމުން ހުރިހާ ވަގުތެއްގައި ވަރަށް ފަރުވާތެރިކަމާއެކު ފަރުވާގެ ކަންކަން ކުރިޔަށްގެންދެވިކަމަށެވެ. އަދި 48 ގަޑިއިރު ސިއްހީ ހާލުކޮޅު ވަރަށް ދަށަށް ދިޔަކަން ބޮރިސް ފާހަގަކުރެއްވިއެވެ. ނަމަވެސް އެޓީމުގެ މަސައްކަތުން ސަލާމަތްވީ ކަމަށާއި، ހިތްވަރުގަދަ ޓީމެއްގެ ގޮތުގައިވެސް ބޮރިސް ސިފަކުރެއްވިއެވެ.

ބޮރިސް ހޮސްޕިޓަލުން ދޫކޮށްލެވިއިރު، ބޮޑުވަޒީރުގެ ތަރުޖަމާނަކު ވިދާޅުވީ، މެޑިކަލް ޓީމްގެ އިރުޝާދުގެ ދަށުން އެމަނިކުފާނު ވަރަށް އަވަހަށް ރަސްމީ މަސައްކަތަށް ނިކުގެ ވަޑައިގަންނަވާނެ ކަމަށެވެ. އެހެން ނަމަވެސް ވަކި ދުވަހެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާރޗް މަހުގެ 26 ވަނަ ދުވަހުއެވެ. އެމަނިކުފާނު އަމިއްލަފުޅަށް އެކަން އިޢުލާނުކުރެއްވީ މާރޗް މަހުގެ 26 ވަނަ ދުވަހުއެވެ. ބޮރިސްގެ ހާލު ގޯސްވެގެން އެމަނިކުފާނުގެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް