ކ. މާލެ
|
12 އޭޕްރިލް 2020 | އާދީއްތަ 17:58
ބޮޑު ވަޒީރު ބޮރިސް ޖޯންސަން
ބޮޑު ވަޒީރު ބޮރިސް ޖޯންސަން
ގެޓީ އިމޭޖަސް
ކޮވިޑް-19
ކޮވިޑް-19: ހަ ދުވަސް ފަހުން ބޮރިސް ހޮސްޕިޓަލުން ދޫކޮށްލައިފި
 
އައިސީޔޫގައި ފަރުވާ ހޯއްދެވި
 
އެޑްމިޓްކޮށްފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހު
 
ޕޮޒިޓިވްވީ 26 ވަނަ ދުވަހު

ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ބޮޑުވަޒީރުގެ ތަރުޖަމާނަކު ވިދާޅުވީ، މެޑިކަލް ޓީމްގެ އިރުޝާދުގެ ދަށުން އެމަނިކުފާނު ވަރަށް އަވަހަށް ރަސްމީ މަސައްކަތަށް ނިކުގެ ވަޑައިގަންނަވާނެ ކަމަށެވެ. އެހެން ނަމަވެސް ވަކި ދުވަހެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާރޗްމަހުގެ 26 ވަނަ ދުވަހުއެވެ. އެމަނިކުފާނު އަމިއްލަފުޅަށް އެކަން އިޢުލާނުކުރެއްވީ މާރޗްމަހުގެ 26 ވަނަ ދުވަހުއެވެ. ބޮރިސްގެ ހާލު ގޯސްވެގެން އެމަނިކުފާނުގެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ.

ބޮޑު ވަޒީރު ބޮރިސް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިން ގެންދަވަނީ އެމަނިކުފާނަަށް އަވަސް ޝިފާއަކަށް އެދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް