ކ. މާލެ
|
12 އޭޕްރިލް 2020 | އާދީއްތަ 17:33
މެލޭޝިޔާގެ ޑައިރެކްޓަރ ޖެެނެރަލް އޮފް ހެލްތް ޑރ. ނޫރް ހިޝާމް އަބްދުﷲ
މެލޭޝިޔާގެ ޑައިރެކްޓަރ ޖެެނެރަލް އޮފް ހެލްތް ޑރ. ނޫރް ހިޝާމް އަބްދުﷲ
ދަ ސްޓާރ
ކޮވިޑް-19
ކޮވިޑް-19: މެލޭޝިޔާގައި ބަލި ޖެހުނު މީހުންގެ 45 އިންސައްތަ ރަނގަޅުވެއްޖެ
 
މީހުން އެކަހެރިކޮށް ފަަރުވާދެމުން ދަނީ
 
ތަބްލީގީ ޖަމާއަތުގެ ބައްދަލުވުމަށް ދިޔަ 41 ދަރިވަރަކު ވަނީ ރަނގަޅުވެފައި
 
ބަލި ޖެހުނު އަދަދު ހަތަރު ހާހަށްވުރެ މައްޗަށް

އާދިއްތަ ދުވަހު މެލޭޝިޔާގައި ކޮވިޑް-19 އަށް އިތުރު 153 މީހަކު ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ އަދަދު 4،683 އަރައިފިއެވެ.

ބަލީގައި މިހާތަނަށް ވަނީ 76 މީހަކު މަރުވެފައެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސްކޮންފަރެންސް ގައި ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތް ޑރ. ނޫރް ހިޝާމް އަބްދުﷲ ވިދާޅުވީ، ބަލި ޖެހުނު 113 މީހުން ބަލިިން ފަސޭހަވެ ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ. އެއާއި އެކު 2108 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އޭނާ ވިދާޅުވީ، ކޮވިޑްގެ 2499 ކޭސް ރިޕޯޓްކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް މީހުން އެކަހެރިކޮށް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ކަމަށެވެ. އެމީހުންގެ ތެރެއިން 66 މީހަކަށް ފަރުވާދެމުންދަނީ އައިސީޔޫގައެވެ. އަދި 37 މީހަކަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެން ޖެހިފައިވާކަން ހިޝާމް ފާހަގަކުރެއްވިއެވެ. އަދި ތަބްލީގް ޖަމާއަތުގެ ބައްދަލުވުމަށް ދިޔަ 41 ދަރިވަރުންވެސް ރަނގަޅުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް