ކ. މާލެ
|
12 އޭޕްރިލް 2020 | އާދީއްތަ 15:52
އޮމާންގައި ކުއްޖަކު މިސްކިތައް ވަންނަން ބައްޕަ ފަހަތުން ދުވަނީ
އޮމާންގައި ކުއްޖަކު މިސްކިތައް ވަންނަން ބައްޕަ ފަހަތުން ދުވަނީ
އަލްއަރަބިއްޔާ
ކޮވިޑް-19
ކޮވިޑް-19: އޮމާނުގައި މިއަދު 53 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެއްޖެ
 
މިހާތަނަށް ފަރުވާދީގެން ރަނގަޅުކުރެވުނީ 109 މީހުން
 
ވައިރަސް ޖެހުނު މީހުންގެ އަދަދުވަނީ 599 އަށް އަރާފަ
 
މިއަދު އެޤައުމުން 53 ކޭސް އަދި ހޮނިހިރު ދުވަހު 62 ކޭސް ރިޕޯޓުކުރެވުނު

އޮމާނުން މިއަދު 53 މީހަކު ނޮވެލް ކޮރޮނާވައިރަސް(ކޮވިޑް-19) ޕޮޒިޓިވްވެއްޖެއެވެ.

އެޤައުމުގެ ހެލްތު މިނިސްޓްރީގެ ޓްވިޓަރގައި މިއަދު ޢާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދު އެޤައުމުން 53 ކޭސް އަދި ހޮނިހިރު ދުވަހު 62 ކޭސް ރިޕޯޓުކުރެވިފައިވެއެވެ. މިއާއެކު އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދުވަނީ 599 އަށް އަރާފައެވެ.

އެޤައުމުގައި މިހާތަނަށް ފަރުވާދީގެން 109 މީހުން ރަނގަޅުވެފައިވެއެވެ. އަދި މިހާރުވެސް 434 މީހަކަށް ފަރުވާދެމުންދާއިރު، އޭގެތެރެއިން 208 މީހުންގެ ޙާލު ވަރަށް ސީރިއަސްކަމަށް ހެލްތު މިނިސްޓްރީއާއި ޙަވާލާދީ ގަލްފުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އޮމާންގެ ދައުލަތުގެ މީޑިއާއިން ޚަބަރުފަތުރާގޮތުގައި އެޕްރީލްމަހުގެ 10 ވަނަ ދުވަހުން ފެށިގެން އޮމާންގެ ވެރިރަށް މަސްކަޓްގައި ވައނީ މުއްދަތެއް ނެތްގޮތައް "ލޮކް ޑައުން" ކޮށްފައެވެ. މިއީ، ވައިރަސް ފެތުރުން ހުއްޓުވުމަށް އެޤައުމުގެ ރަސްކަމުގެ ދަރުބާރުން ނިންމެވި ނިންމެވުމެކެވެ. އަދި "ލޮކް ޑައުން" ގެ ޙާލަތުގައި އެސިޓީގެ ކަންކަން ބަލަހައްޓާނީ މަދަނީ ފުލުހުންކަމަށް ބުނެފައިވެއެވެ.

އޮމާނުގައި ކޮވިޑް-19 ޖެހޭ މީހުންގެ މިންވަރު އިތުރުވެފައިމިވަނީ މިދިޔަ ބުރާސްފަތި އެޤައުމުގެ ހެލްތު މިނިސްޓަރ، މިހަފުތާގައި އެޤައުމުގައި ވައިރަސް ޖެހޭ މީހުން އަދަދު އިތުރުވާނެކަމަށް އަންދާޒާކޮށްފައިވަނިކޮށްނެވެ. ހެލްތު މިނިސްޓަރ ވެރިރަށް މަސްކަޓްގައި ބޭއްވި ޕްރެސްކޮންފަރެންސެއްގައި ވިދާޅުވެފައިވަނީ އަދި އެޤައުމުގައި ކޮވިޑް-19 ޕީކަށް ނުދާކަމަށެވެ. އަދި އިތުރު މީހުން މި ވައިރަސްގެ ޝިކާރައަކަށް ވިޔަދިނުމަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެފައިވެއެވެ.

އޮމާންގެ ހެލްތު މިނިސްޓްރީން ވަނީ އެޤައުމުގެ ސަރުކާރުން، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަނބާ، އަދި ދުނިޔޭގެ ޞިއްހޙަތު ޖަމްޢިއްޔާއިން ޢާންމުކޮށްފައިވާ ޞިއްހީ އިރުޝާދުތަކާއި އެއްގޮތައް އަމަލުތައް ބެހެއްޓުމަށް އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. ވަކިން ޚާއްޞަކޮށް މިދަނޑިވަޅުގައި އެންމެހައި ރައްޔިތުން ކެތްތެރިވެ، ގޭގައި މަޑުކުރުމަށް އެޤައުމުގެ ރަސްކަމުގެ ދަރުބާރުން ވަނި އެދިފައެވެ.

0%
0%
100%
0%
0%
0%
ކޮމެންޓް