ކ. މާލެ
|
12 އޭޕްރިލް 2020 | އާދީއްތަ 15:22
ފިލިޕީްންސްގެ ޞިއްހީ ޚދިުމަތްތެރިންގެ ޓީމެއް
ފިލިޕީްންސްގެ ޞިއްހީ ޚދިުމަތްތެރިންގެ ޓީމެއް
އަލްއަރަބިއްޔާ
ކޮވިޑް-19
ކޮވިޑް-19: ފިލިޕީންސުން މިއަދު އެކަނިވެސް 50 މީހުން މަރުވެއްޖެ
 
ވައިރަސްޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 4،648
 
ވައިރަސްގައި މަރުވީ މީހުންގެ އަދަދު ވަނީ 297 އަށް އަރާފަ
 
މިއަދު އެކަނި 220 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވޭ

ފިލިޕީންސްއިން މިއަދު އެކަނިވެސް 50 މީހުން ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

އެޤައުމުގެ ހެލްތު މިނިސްޓްރީއާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، މިއީ އެޤައުމުގައި ވައިރަސް ފެތުރެން ފެށިފަހުން މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

މިއަދު އެޤައުމުން އިތުރު 50 މީހުން ވައިރަސްގައި މަރުވުމާއެކު އެޤައުމުގައި ވައިރަސްގައި މަރުވީ މީހުންގެ އަދަދު ވަނީ 297 އަށް އަރާފައެވެ. އަދި މިއަދު އެކަނި 220 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، މިހާރު ވައިރަސްޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 4،648 އެވެ.

އަދި މިއަދު އިތުރު 40 މީހުން ރަނގަޅުވެގެން ގެއަށް ދޫކޮށްލުމާއެކު ފަރުވާދީގެން ޝިފާ ލިބުނު މީހުންގެ ޢަދަދު ވަނީ، 197 އަށް އަރާފައެވެ. އެޤައުމުގައި މިހާރުވެސް 4,024 މީހުންނަށް ފަރުވާދެމުން އެބަދެއެވެ. މީގެތެރެއިން އެކަކުގެ ޙާލު ވަރަށް ސީރިއަސްކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މާރޗުމަހުގެ ތެރޭގައި އެޤައުމުގައި ހިފެހެއްޓުމެއްނެތި ވައިރަސް ފެތުރެމުންދާން ފެށުމުން އެޤައުމުގެ ސަރުކާރުން ވަނީ ވައިރަސްއަށް ތަހުލީލުކުރުމުގެ ނިޒާމު ހަރުދަނާކޮށްފައެވެ.

0%
0%
100%
0%
0%
0%
ކޮމެންޓް