ކ. މާލެ
|
12 އޭޕްރިލް 2020 | އާދީއްތަ 15:26
ހަތަރު މީހަކު ޕޮޒިޓިވްވީ ކަރަންޓީނުގައި ތިއްބާ
ހަތަރު މީހަކު ޕޮޒިޓިވްވީ ކަރަންޓީނުގައި ތިއްބާ
އޭޕީ
ކޮވިޑް-19
ކޮވިޑް-19: ސްރީ ލަންކާގައި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 200އަށް އަރައިފި
 
ކަރަންޓީނު ފެސިލިޓީސްތައް ވަނީ އެކި ސަރަހައްދުގައި ގާއިމްކުރެވިފައި
 
ހަތް މީހަކު ވަނީ މަރުވެފައި

އަވަށްޓެރި ސްރީލަންކާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 200 އަށް އަރައިފިއެވެ.

އެޤައުމުގެ ހެލްތު މިނިސްޓްރީން ބުނީ، އާދިއްތަ ދުވަހާ ހަމަޔަަށް ބަލި ޖެހިގެން 203 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އާދިއްތަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަތަރު މީހުންނަކީ ބޭރުވަލަ ޞަރަޙައްދުގައި ހުންނަ ޕޫނާނީ ކަރަންޓީނު މަރުކަޒުގައި ކަރަންޓީނު ކޮށްފައި ތިބި މީހުން ކަމަށެވެ.

ސްރީ ލަންކާގައި މިހާރު 141 މީހަކަށް ފަރުވާދެމުން އެބަދެއެވެ. ކޮވިޑް-19 ގެ ޢަލާމާތްތައް ފެނިގެން 224 މީހަކު އޮބްޒަވޭޝަންގައި ތިބި ކަމަށް އެޤައުމުގެ ހެލްތު މިނިސްޓްރީން ވަނީ ރިޕޯޓުކޮށްފައެވެ. ކޮވިޑް-19ގައި ޖެހުނު 55 މީހަކު ފަރުވާދީގެން ރަނގަޅުވެފައިވާއިރު، ހަތް މީހަކު ވަނީ މަރުވެފައެވެ. މަރުވާ އެންމެންވެސް އެންދުމަށް ވަނީ ނިންމާފައެވެ. އަދި މިހާރުވެސް 138 މީހުންނަށް ފަރުވދެމުންދާއިރު، އެތަނުން އެކަކުގެ ޙާލަތު ވަރަށް ސީރިއަސްކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން ސްރީލަންކާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ދަނީ ކާފިޔު ހިންގަމުންނެވެ. އެ ފިޔަވަޅުތަކަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތައް ކަމަށް އެޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް