ކ. މާލެ
|
12 އޭޕްރިލް 2020 | އާދީއްތަ 15:04
ކުވޭތުގައި ވައިރަސްއަށް ޓެސްޓުކުރުމަށް ލޭގެ ސާމްޕަލް ނަގަނީ
ކުވޭތުގައި ވައިރަސްއަށް ޓެސްޓުކުރުމަށް ލޭގެ ސާމްޕަލް ނަގަނީ
އަލްއަރަބިއްޔާ
ކޮވިޑް-19
ކޮވިޑް-19: ފާއިތުވެދިޔަ 24 ގަޑިއިރު ކުވޭތުން 80 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ
 
29 މީހަކު ހާޅު ދެރަވެ، އައިސީޔޫގައި ފަރުވާދެމުން އެބަދޭ
 
1،091 މީހުންނަށް ދަނީ ފަރުވާދެމުން
 
މިހާތަނަށް 1،234 މީހަކުވަނީ ވައިރަށްއަށް ޕޮޒިޓިވްވެފަ

ފާއިތުވެދިޔަ 24 ގަޑިއިރު ކުވޭތުން އިތުރު 80 މީހަކަށް ކޮވިޑް-19 ޖެހިގެން ރިޕޯޓުކޮށްފިއެވެ.

އެޤައުމުގެ ހެލްތު މިނިސްޓްރީއާއި ޙަވާލާދީ ޤަލްފުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، އެޤައުމުން މިހާތަނަށް 1،234 މީހަކުވަނީ ވައިރަށްއަށް ޕޮޒިޓިވްވެފައެވެ. އަދި މިހާރު 1،091 މީހުންނަށް ފަރުވާދެމުންދާކަމަށާއި، އޭގެތެރެއިން 29 މީހަކު އިންޓެންސިވް ކެއަރ ޔުނިޓް(އައިސީޔޫ)ގައި ފަރުވާދެމުންދާކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ. އަދި ފަރުވާދީގެން މިހާތަނަށް 142 މީހަކު ރަނގަޅުވެގެން ގެއަށް ދޫކޮށްލާފައިވާކަމަށްވެސް އެމިނިސްޓްރީއާއި ޙަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

މިދިޔަ ހުކުރު ދުވަހު ކުވޭތުގެ ހެލްތު މިނިސްޓަރ ޑރ. ބަސިލް އަލް-ސަބާޙް ވަނީ ކޮވިޑް-19 އިން ޝިފާ ލިބުނު ފަރާތްތަކުގެ ކިބައިން ލޭ ހަދިޔާ ކުރުމަށް ގޮވާލާފައެވެ. އެއީ މިހާރު ފަރުވާ ހޯދަމުންދާ މީހުންނަށް އެމީހުންގެ ލޭގެ ޕްލާސްމާ ބޭނުންކޮށްގެން ފަރުވާދިނުމުގެ ބޭނުމުގައެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް