ކ. މާލެ
|
12 އޭޕްރިލް 2020 | އާދީއްތަ 14:56
އިތުރު މުވައްޒަފުން ޓެސްޓު ކުރުމުގެ މަސައްކަތް ވަނީ ފަށާފައި
އިތުރު މުވައްޒަފުން ޓެސްޓު ކުރުމުގެ މަސައްކަތް ވަނީ ފަށާފައި
president.gov.af
ކޮވިޑް-19
ކޮވިޑް-19: އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރުގެ 20 މުވައްޒަފުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ
 
607 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި

އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރުގައި މަސައްކަތްކުރާ 20 މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އަފްޣާނިސްތާނުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުން، ގަނޑުވަރުގެ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މެޑިކަލް ޓީމުތަކުން ވަނީ އިތުރު މުވައްޒަފުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައެވެ. ޑޮކްޓަރުން ބުނާ ގޮތުން، ވައިރަސް ފެތުރޭ މިންވަރު ކުޑަ ކުރުމަށް ޓެސްޓު ކުރުން މުހިންމެވެ. އަދި ޓެސްޓު ކިޓްތަކުގެ ޢަދަދު އިތުރު ކުރަން ޖެހޭ ކަމަށްވެސް އެޤައުމުގެ ޑޮކްޓަރުން ބުންޏެވެ.

ވެރިރަށް ކާބުލްގެ ހޮސްޕިޓަލްގެ ވެރިޔާ ނިޒާމުއްދީން ޖަލީލް ވިދާޅުވީ، ކޮވިޑް-19 އަށް ޝައްކުވާ ޢަލާމާތްތައް ހުރެގެން ރިޕޯޓުކުރާ މީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރެވެމުންދާ ކަމަށެވެ.

އާދިއްތަ ދުވަހާ ހަމަޔަށް އަފްޣާނިސްތާނުގައި ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު ވަނީ 607 އަށް އަރާފައެވެ. މި ބަލީގައި 18 މީހަކު ވަނީ މަރުވެފައެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް