ކ. މާލެ
|
12 އޭޕްރިލް 2020 | އާދީއްތަ 12:33
ޕާކިސްތާނުގައި މީހަކު ކޮވިޑް-19 އަށް ސްކްރީން ކުރަނީ
ޕާކިސްތާނުގައި މީހަކު ކޮވިޑް-19 އަށް ސްކްރީން ކުރަނީ
އޭއެފްޕީ
ކޮވިޑް-19
ކޮވިޑް-19: ޕާކިސްތާނުން 86 މަރު
 
އަދިވެސް 37 މީހުން ސީރިއަސް ޙާލަތުގައި ފަރުވާ ހޯދަމުން އެބަދޭ
 
ޕާކިސްތާނުން 86 މީހުން ވަނީ މަރުވެފަ
 
ޕާކިސްތާނުން މިހާތަނަށް 5038 ކޭސް ވަނީ ރެކޯޑުކުރެވިފަ

ޕާކިސްތާނުން ކޮވިޑް-19 ރޯގާގައި މަރުވީ މީހުންގެ ޢަދަދު 86 އަށް އަރައިފިއެވެ.

ޕާކިސްތާޏުގެ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ ދުންޔާ ނިއުސްއިން ޚަބަރުފަތުރާގޮތުގައި، އެޤައުމުގައި މިހާތަނަށް 5038 ކޭސް ވަނީ ރެކޯޑުކުރެވިފައެވެ. މީގެތެރެއިން 86 މީހުން ވަނީ މަރުވެފައެވެ.

އިތުރު ތަފުޞީލަށް ބަލާލާއިރު، އެންމެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ ޕަންޖާބް ސްޓޭޓުންނެވެ. އެއީ 2،425 މީހުންނެވެ. ސިންދް ޕްރޮވިންސުން 1،318 މީހުން، ޚައިބަރ ޕަޚްތުންޚުވާއިން 967 މީހުން، ޖިލްގީތު-ބަލިސްޓަން އިން 216 މީހުން، ވެރިރަށް އިސްލާމް އާބާދުން 119 މީހުން އަދި އާޒާދް ކަޝްމީރުން 35 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވެއެވެ.

މިހާތަނަށް އައިއިރު ފަރުވާދީގެން 1،026 މީހުން ރަނގަޅުވެފައިވާއިރު، އަދިވެސް 3,926މީހުން ދަނީ ފަރުވާ ހޯދަމުންނެވެ. މީގެތެރެއިން 37 މީހުން ސީރިއަސް ޙާލަތުގައި ފަރުވާ ހޯދަމުން ދާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ކޮރޯނާ ވައިރަސްގެ ބިރަށް ލާހޯރު ސިޓީގެ ބޮޑު ޞަރަޙައްދެއް ވަނީ ބަންދުކޮށްފައި:

ޕަންޖާބް ޕްރޮވިންސްގެ ވެރިރަށްކަމަށްވާ ލާހޯރުގައި ނޮވެލް ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ، އެކަމާއި ބިރުން ބޮޑު ޞަރަޙައްދެއްވަނީ ބަންދުކޮށްފައެވެ. އެގޮތުން މައިގަނޑު 10 ޞަރަޙައްދެއްވަނީ އެއްކޮށް ބަންދުކޮށްފައެވެ. އޭގެތެރޭގައި ރައިވިންދް، ސިކަންދަރިއްޔާ ކޮލޮނީ، ނަވާން ކޮޓް، މައްޚާންޕޫރާ، ބޭގަމް ކޮޓް ޝާހްދަރާ، ރުސްތަމް ޕާރކް ގުލްޝަނޭ ރަވީ ގެ އިތުރުން އަސްކަރިއްޔާގެ މީހުންނާއި ރެއިލްވޭ މުވައްޒަފުން ތިބޭ ކޮލޮނީ ހިމެނެއެވެ.

މީގެ އިތުރުން މަޝްހޫރު ޝާހް މީރާން މާރުކޭޓު ވަށައިގެންވާ ޞަރަހައްދުވަނީ ބަންދުކޮށްފައެވެ. އެޞަރަޙައްދުގައި ހުރި 154 ގެއަކާއި މާރކޭޓު ބަންދުކޮށް ކޮވިޑް-19 އަށް ޝައްކުކުރެވޭ 50 މީހެއްގެ ސާމްޕަލް ނަގާ މިހާރު ވަނީ ލެބޯރެޓަރީއަށް ޓެސްޓުކުރަން ފޮނުވާފައެވެ. އެ ހިސާބުގައި ދިރިއުޅޭ މީހުންނާއި ޙަވާލާދީ މީޑިއާގައި ދައުރުވަމުންދާ ބައެއް ޚަބަރުތަކުގައި ބުނެފައިވަނީ އެޞަރަހައްދަށް ކޮވިޑް-19 ގެ ބިރުވެރިކަން ލައިގަނެގެން އުޅެނީ ވައިރަސް ޖެހިފައިވާ ސްޕެއިންގެ ޒުވާން ފިރިހެނަކު އެ ޞަރަޙައްދަށް ޒިޔާރަތްކުރުމާއި ގުޅިގެންނެވެ.

ކަރާޗީ ވަނީ ކޮވިޑް-19 ގެ ބިރަށް ބަންދުކޮށްފައި:

ސިންދް ޕްރޮވިންސްގެ ވެރިރަށް ކަރާޗީގެ 11 ޔޫނިއަން ކައުންސިލެއް ވަނީ ސަރުކާރުގެ ޢަމުރަށް އެއްކޮށް ބަންދުކޮށްފައެވެ. މީގެ ތެރޭގައި ގިނައީ ކަރާޗީގެ އިރުމަތީ ޞަރަޙައްދުގެ އަވަށްތަކެވެ. އެސްޓޭޓުގެ ޑެޕިއުޓީ ކޮމިޝަނަރ-އީސްޓް ހާމިދުއްރަހްމާން ނެރުނު ޤަރާރެއްގައި ވަނީ 12 ޔޫނިއަން ކައުންސިލެއް ބަންދުކުރަން އަމުރުކޮށްފައެވެ. އަދި މިޞަރަހައްދުތަކަށް އަރާ ފޭބޭނީ ހަމައެކަނީ ސަލާމަތީ ބާރުތަކަށާއި، ފުލުހުންނަށް އެކަނިކަމަށް ޤަރާރުގައިވެއެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް