Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2020 | ބުރާސްފަތި 18:29
އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރު
އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރު
ގޫގުލް
އެމްއެމްޕީއާރުސީ ހިޔާނަތް
އެފްއައިޔޫ ރިޕޯޓް ފުލުހުންނަށް ނުފޮނުވަން ނިންމި މައްސަލައިގައި އާތިފްއަށް ދައުވާކޮށްފި
އެކަން ފުލުހުންނަށް ނުފޮނުވަން ނިންމީ އާތިފް ޝަކޫރުކަން އެސީސީގެ ރިޕޯޓުން އެނގޭ
އެކަން އޭނާގެ އިއުތިރާފުންނާއި ތަހުގީގުން ހާމަވާކަމަށް އޭސީސީގެ ރިޕޯޓްގައި ބުނެފައިވޭ
އެ މައްސަލަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހުށައަޅާފައިވޭ

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ އޭރުގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރުއާ ދެކޮޅަށް މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނާ ހިލާފުވި ކަމުގެ ދައުވާ އުފުލައިފިއެވެ.

އެމްއެމްޕީއާރުސީ އިން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާ އިން މަނީ ލޯންޑެރިން ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތައް ހިންގި އިރު އެކަން ފުލުހުންނަށް ނުފޮނުވަން ނިންމީ އާތިފް ޝަކޫރުކަން އޭސީސީގެ ތަހުގީގުގަށް ފަހު ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން އެފް.އައި.ޔޫއަށް ލިބިފައިވާ އެސް.ޓީ.އާރުގައި މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމަށް ޝައްކުކުރެވޭ ކަންތައްތަކެއް ހިމެނިފައި ވީނަމަވެސް އެ ރިޕޯޓް ފުލުހުންގެ އިދާރާއަށް ނުފޮނުވަން ނިންމާފައިވަނީ އާތިފް ޝަކޫރުކަން އޭނާގެ އިއުތިރާފުންނާއި ތަހުގީގުން ހާމަވާކަމަށް އޭސީސީގެ ރިޕޯޓްގައި ބުނެފައިވެއެވެ.

Advertisement

އަދި އެކަމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެދިޔައިރު، އެކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނޭޅި އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ލިބިފައިވާކަން ތަހުގީގުން ހާމަވެފައިވާ ކަމަށް އެރިޕޯޓުގައި ވެއެވެ. އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ، މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނާ ހިލާފުވި ކަމުގެ ދައުވާ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.

އޭސީސީއިން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކިފަރާތަކަށް ނާޒާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އާތިފްގެ މައްޗަށް އުފުލުމަށް އެ މައްސަލަ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 18ގައި ޕީޖީ އޮފީހަށް ފޮނުވިއެވެ. ނަމަވެސް އޭރު އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް ރެކޮމެންޑްކޮށް، ޕީޖީގެ ފަރާތުން އެ މައްސަލަ އަނބުރާ ފޮނުވާލީއެވެ. އެއަށްފަހު މިދިޔަ ފެބުރުއަރީ މަހުގެ 21 ގައި އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާއިރު، މިހާރު މިވަނީ ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނާ ހިލާފުވި ކަމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
27 ފެބްރުއަރީ 2020 | ބުރާސްފަތި 21:24
ސުބުހާ
މިކަލޭގެ ހިންމަފުށިން ގެއެއް 'ދިގުމުއްދަތަށް ކުއްޔަށް ނަގަގެން' ޕިކުނިކު ހަދާލަ ހަދާލަ އަރާމުގައި އުޅޭ ސަބަބު މިއެނގެނީ!