Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2020 | ބުދަ 17:47
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ރާއްޖެ އެމްވީ
އިސްލާމިކް މިނިސްޓްރީ
ދީނާ ޙިލާފު ވޯކްޝޮޕްތައް ހިންގާ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަނީ
އެފަދަ ޝަކުވާތައް މިނިސްޓްރީއަށް ލިބެމުންދޭ
އެ މައްސަލަ ބަލަމުންދާކަމަށް މިނިސްޓްރީން ބުނެފައިވޭ
އައްޑޫ ސިޓީ އާއި ހަނިމާދޫ ގައިވެސް ވޯކްޝޮޕަތަކެއް ހިންގާފައިވާކަމަށް ޚަބަރު ފެތުރޭ

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނާ ޚިލާފު ވޯކްޝޮޕްތަކެއް ހިންގާކަމަށް ބުނާ މައްސަލައެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބަލަން ފަށައިފިއެވެ.

އެކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނާ ޚިލާފު ވޯކްޝޮޕްތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުން ދާ ކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.

Advertisement

އިސްލާމިކް މިނިސްޓްރީން އެހެން ބުނެފައިވާއިރު، އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ކުލިއަމް ޖަމިއްޔާއިން ރާއްޖޭގެ ބައެއް ރަށްރަށުގައި އިސްލާމް ދީނާއި ހިލާފު ވޯކްޝޮޕްތަކެއް ކުރިއަށް ގެންދާ ކަމަށް ރާއްޖޭގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

އެގޮތުން މި ޖަމިއްޔާއިން އައްޑޫ ސިޓީ އާއި ހަނިމާދޫގައިވެސް ވޯކްޝޮޕްތަކެއް ހިންގާފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
27 ފެބްރުއަރީ 2020 | ބުރާސްފަތި 12:45
ޢާދަނުބެ
ޢިސްލާމިކް މިނިސްޓްރީ ތީ ނަމަކަށް އޮންނަތަނެތް ދެއަތާ ދެފަޔާ ބަނދެފަ އޮންނަ މިނިސްޓޮރީއެތް