Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2020 | ބުދަ 17:48
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ރާއްޖެއެމްވީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކުގެ ޚަބަރުތައް ގެނެސްދިނުމުގައި ލުއި ގޮތްތަކެއް!
ކުރިން ނޫސްވެރިންވެސް 15 މިނެޓް ކުރިން ފޯމު ހުށައަޅަން ޖެހޭ
3 ރިޕޯޓަރުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވޭ
ކޯޓުގެ ޚުރުމަތް ކެނޑޭފަދަ ޢަމަލެއް ކުރުން ފަދަ ސަބަބެއް މެދުވެރިވެއްޖެ ނަމަ ރަޖިސްޓްރީން އުނިކުރެވޭނެ

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލަތަކުގެ ޝަރީއަތްތަކާ ގުޅޭ ޚަބަރުތައް ގެނެސްދިނުމުގައި ނޫސްވެރިންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިފިއެވެ.

އެކަމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ބުނީ، އާންމު އުސޫލަކުން އަޑުއެހުންތަކަށް ވަންނަން އެދޭ ފަރާތްތަކަށް ޝަރީއަތުގެ މަޖިލިސް ފެށުމުގެ 15 މިނެޓް ކުރިން ފޯމު ހުށައަޅަން ޖެހޭ ކަމަށާއި، ނަމަވެސް ނޫސްވެރިންނަށް ލުއި ގޮތްތަކެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސް އޭޖެންސީތަކާއި، ޓީވީ ސްޓޭޝަންތަކާއި، ރޭޑިއޯ ޗެނަލްތަކުން 3 ރިޕޯޓަރުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ. އަދި އެގޮތަށް ރަޖިސްޓަރ ކުރުމުން ކޮންމެ ޝަރީއަތުގެ އަޑުއެހުމަކަށް ވަނުމަށް ވަކިން ފޯމް ހުށައަޅަން ނުޖެހޭނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

Advertisement

ކްރިމިނަލް ކޯޓުގައި ރަޖިސްޓްރީވެ ރިޕޯޓަރުންގެ ކާޑު ހޯދުމަށް ނޫސްވެރިން ތަމްސީލު ކުރާ ފަރާތް މެދުވެރިކޮށް ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، ނޫސްވެރިން ތަމްސީލު ކުރާ ފަރާތުން އެދުމުންނާއި، ކޯޓުގެ ޚުރުމަތް ކެނޑޭފަދަ ޢަމަލެއް ކުރުން ފަދަ ސަބަބެއް މެދުވެރިވެއްޖެ ނަމަ ރަޖިސްޓްރީން އުނިކުރެވޭނެ ކަމަށް ކޯޓުން ބުނެފައިވެއެވެ.

އޭގެ އިތުރުން، ރަޖިސްޓަރ ކުރާ ނޫސްވެރިން ޝަރީއަތުގެ އަޑުއެހުމަށް ވަންނަ އިރު ލިއެ ނޯޓު ކުރާ ތަކެތި ވެއްދުންވެސް މިހާރު ވަނީ ހުއްދަކޮށްފައެވެ. ނަމަވެސް ކުރިއެކޭ އެއްގޮތަށް އަޑު އަދި ވީޑިއޯ ފަދަ ތަކެތި ރެކޯޑް ކުރެވޭފަދަ ވަސީލަތްތައް ވެއްދުން މަނާ ވާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

ކްރިމިނަލް ކޯޓުގެ މި ނިންމުމަށް ތާއީދުކޮށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ކުރި ޓްވީޓެއްގައި ބުނީ، މިއީ މުހިއްމު ނިންމުމެއް ކަމަށާއި، މި ފިޔަވަޅަކީ ޝަރީއަތްތަކުގެ ހާމަކަން ބޮޑުކޮށް، އިތުބާރު އިތުރު ކުރުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަަށެވެ. އަދި އެހެން ކޯޓުތަކުންވެސް އެގޮތަށް ޢަމަލުކުރާނެ ކަމަށް އުއްމީދުކުރާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް