ކ. މާލެ
|
25 ފެބްރުއަރީ 2020 | އަންގާރަ 18:35
ރައީސް އޮފީހުގެ ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން
ރައީސް އޮފީހުގެ ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން
ރައީސް އޮފީސް
މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ނެޝަނަލް އެކ
މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ނެޝަނަލް އެކްޝަން ޕްލޭން ކެބިނެޓުން ފާސްކޮށްފި
މީހުން ޓްރެފިކްކުރުމުގެ މައްސަލަ ރާއްޖޭގައި އޮތް މިންވަރު ބެލުމަށްޓަކައި ބޭސްލައިން ސްޓަޑީއެއް ހަދާނެ
މި އެކްޝަން ޕްލޭން ހިނގާނީ 30 މާރޗް 2020 އިން ފެށިގެން 31 ޑިސެމްބަރ 2022 އާ ދޭތެރޭ

މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭގޮތުން ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީން އެކުލަވާލި ނެޝަނަލް އެކްޝަން ޕްލޭން ކެބިނެޓުން މިއަދު ފާސްކޮށްފިއެވެ.

1 ޑިސެމްބަރ 2019 އިން ފެށިގެން، މިނިސްޓްރީ އޮފް ޑިފެންސުން ރިޔާސަތު ބަލަހައްޓަމުންދާ ސްޓިއަރިންގ ކޮމިޓީން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން އެކުލަވާލާފައިވާ އެކްޝަން ޕްލޭންގެ މައިގަނޑު މަޤުޞަދަކީ، ދިވެހިރާއްޖޭގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދުވެލި އަވަސްކުރުމެވެ.

މިގޮތުން، މި އެކްޝަން ޕްލޭން ހިނގާނެ މުއްދަތުކަމަށްވާ 30 މާރޗް 2020 އިން ފެށިގެން 31 ޑިސެމްބަރ 2022 އާ ދޭތެރޭގައި، މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ޤައުމީ ފެންވަރެއްގައި ރާއްޖެއިން އެޅުމަށް ކަނޑައަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، މީހުން ޓްރެފިކްކުރުމުގެ މައްސަލަ ރާއްޖޭގައި އޮތް މިންވަރު ބެލުމަށްޓަކައި ބޭސްލައިން ސްޓަޑީއެއް ހެދުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނުގައި މީހުން ޓްރެފިކްކުރުން މާނަ ކުރާ ގޮތް އ.ދ.ގެ ޓިޕް ޕްރޮޓޮކޯލްގެ ޑެފިނިޝަނާ އެއްގޮތްކޮށް، ސްޓިއަރިންގ ކޮމިޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެޤާނޫނަށް އިޞްލާޙު ގެނައުމާއި، ސްޓިއަރިންގ ކޮމިޓީ ހިންގުމަށްޓަކައި އެންޓި-ޓިޕް އޮފީހެއް ޤާއިމްކުރުމާއި، މީހުން ޓްރެފިކްކުރުމުގެ ކުށަށް ތުހުމަތުކުރެވޭ ފަރާތްތަކާއި އެކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިލޭ ގުޅޭނެ ޚާއްޞަ ހޮޓްލައިނެއް އަލުން ޤާއިމްކުރުން ހިމެނެއެވެ.

މީގެ އިތުރުން، ޓްރެފިކިންގެ ހުރިހާ ބާވަތެއް މޮނިޓަރ ކުރުން އިތުރުކުރުމާއި، ތަޙުޤީޤުތަކާއި، ޕްރޮސެކިއުޝަންތަކާއި، ކޮންވިކްޝަންތަކުގެ ޢަދަދު އިތުރުކުރުމާއި، ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި އިޖްތިމާޢީ ޚިދުމަތްދޭ ފަރާތްތަކަށް ޢަމާޒުކޮށް، ޓްރެފިކިންގ އާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތު ބައްދަލުވުންތައް ހިންގުމާއި، ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 30 ވަނަ ދުވަހު އ.ދ.އިން ފާހަގަކުރާ ވަރލްޑް ޑޭ އެގެއިންސްޓް ޓްރެފިކިންގ އިން ޕަރސަންސް (އެންޓި-ޓިޕް ޑޭ)، ސްޓިއަރިންގ ކޮމިޓީން އިސްނަގައިގެން ރާއްޖޭގައި ފާހަގަކުރަން ފެށުމަށް ނެޝަނަލް އެކްޝަން ޕްލޭންގައި ވަނީ ކަނޑައަޅާފައެވެ.

- ކޮމެންޓް